Last Updated: 9 year 7 month ago
Last Updated:
9 year 7 month ago
އޭފްސީ ކަޕް (ފުރިހަމަ ވަގުތު): މާޒިޔާ 5-2 މޯހަން ބަގާން
17:56
މި ނަތީޖާއާއެކު މާޒިޔާ މިވަނީ، 9 ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގައި އޮތް ބެންގަލޫރު އެފްސީއާ ޕޮއިންޓުގެ ގޮތުން ހަމަކޮށް، ލަނޑުގެ ތަފާތުން ކުރި ހޯދާފައި. އެހެން ނަމަވެސް، މިއަދު ބެންގަލޫރު އެފްސީ ކުޅޭ މެޗުން އެޓީމު މޮޅުވެއްޖެ ނަމަ، ނުވަތަ އެއްވަރު ވިޔަސް އަލުން ކުރި ލިބޭނެ.
މެޗު ނިމިއްޖެ.މާޒިޔާ 5، މޯހަން ބަގާން 2.
"90+ - މޯހަން ބަގާންގެ ޕެނަލްޓީ އޭރިޔާ ބޭރުން އަސަދުﷲ ފޮނުވާލި ބާރު ހަމަލާ ކީޕަރު މަތަކުރީ.
"90+ - މާޒިޔާއަށް ރަނުގެ ފުރުސަތެއް. އާއްކޮ ވަރަށް ރީތިކޮށް މޯހަން ބަގާންގެ ގޯލް އޭރިޔާ ތެރޭގައި ހުރި ރަކިޗަށް ޖައްސާލި ބޯޅަ އޭނާ ފޮނުވާލި. އެހެން ނަމަވެސް މޯހަން ބަގާންގެ ކުޅުންތެރިއެއްގެ ފައިގައި ޖެހިފައި ކޯނަރަކަށް ބޯޅަ ބޭރުވީ.
އިތުރު ވަގުތުގެ ގޮތުގައި 3 މިނިޓް.
"90- މެޗުގެ ފުރިހަމަ ވަގުތު ހަމަވީ އިރު، މާޒިޔާ މިދަނީ ތިން ލަނޑުގެ ލީޑެއްގައި.
"85-މާޒިޔާއިން ބަދަލެއް.ޔަޝްފާދަށް އަނިޔާވެ އޭނާގެ ބަދަލުގައި އަހްމަދު އިމާޒް (އާއްކޮ) ކުޅެން އެރީ.
"84- މާޒިޔާގެ ކުޅުންތެރިއަކަށް އަނެއްކާވެސް އަނިޔާވެގެން އަށިގަނޑުގައި ދަނޑުން ބާލައިފި.
"82- މާޒިޔާގެ ހާފްތެރޭން މެދު ރޮނގުކައިރިން ބޮކުރީއަށް ލިބުނު ބޯޅަ ހިފައިގެން އޭނާ ގޮސް މޯހަންބަގާންގެ ޕެނަލްޓީ އޭރިޔާތެރެއަށް ވަނުމަށްފަހު، ފޮނުވާލި ބޯޅަ ކީޕަރު މަތަކުރީ.
ޑުންގާއަށް އަނިޔާވެގެން މާޒިޔާއިން ގެނައި ބަދަލާއެކު އެޓީމުން ވަރަށް ބޮޑަށް ފަހަތަށް ފައިބައިގެން ކުޅޭއިރު، މޯހަން ބަގާނުން ދަނީ މާޒިޔާގެ ގޯލަށް ނުރައްކާކުރަމުން.
"79- މާޒިޔާގެ ޕެނަލްޓީ އޭރިޔާގެ ބޭރުން މޯހަން ބަގާނަށް ލިބުނު ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ މާޒިޔާ ކުޅުންތެރީން ދިފާއުކުރީ.
"77-މޯހަން ބަގާންގެ ދެވަނަ ލަނޑު.ޖޭޖޭ ވަރަށް ރީއްޗަށް ފޮނުވާލި ޕެނަލްޓީ ގޯލްތެރެއަށް.
"76-މޯހަން ބަގާނަށް ޕެނަލްޓީއެއް.ގާސިމް ސަމާމް އަތުގައި ބޯޅަ ޖެހުނީ.
"74- މޯހަން ބަގާނުން ހަމަލާއެއް. މާޒިޔާގެ ޕެނަލްޓީ އޭރިޔާ ބޭރުން ޖޭޖޭ ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑިމަތީން ބޭރަށް.
"70-މާޒިޔާއިން ބަދަލެއް.ޑުންގާގެ ބަދަލުގައި ކުޅެން އެރީ ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ)
ޑުންގާއަށް އަނިޔާވީ، މޯހަން ބަގާން ޕެނަލްޓީ އޭރިޔާ ތެރޭން އަސަދުﷲ އޭނާއަށް ދިން ޕާހެއް ހޯދުމަށް އުޅުނުވަގުތު، މޯހަން ބަގާންގެ ކީޕަރު އެ ބޯޅަ ފޮނުވާލިވަގުތު ދެ ކުޅުންތެރީން މުޑިއެރީ.
"68- މާޒިޔާގެ ޑުންގާއަށް އަނިޔާވެގެން އޭނާ ދަނޑުން ބާލަނީ. އުމޭރުގެ ބަދަލުގައި މީގެ އިރުކޮޅެއް ކުރީން ޑުންގާ ކުޅެން އެރީ.
މާޒިޔާގެ އެންމެ ރަނގަޅަށް ކުޅެމުން އައި އެއް ކުޅުންތެރިޔާ، އުމޭރު ބަދަލުކުރީ ބެލެވޭ ގޮތުގައި މިފަދަ ބޮޑު ލީޑެއް ލިބިފައި އޮތުމާއި، މާޒިޔާއަށް ކައިރިކައިރީ މެޗުތަށް ކުޅޭން ޖެހުމުން ކޯޗު ބޭނުންވީ އުމޭރަށް ރެސްޓު ދިނުމަށް.
"60-މާޒިޔާއިން ބަދަލެއް.އުމޭރުގެ ބަދަލުގައި ޝިފާޒް (ޑުންގާ) ކުޅެން އެރީ.
މޯހަން ބަގާންގެ ޕެނަލްޓީ އޭރިޔާ ބޭރުން ރަކިޗް ވަރަށް ރީތިކޮށް ފޮނުވާލި ބޯޅަ ކީޕަރު އަތްދަށުން ގޯލް ތެރެއަށް.
"59-މާޒިޔާއިން އަނެއްކާ ވެސް ލަނޑެއް.
"58- މޯހަން ބަގާންގެ ދެވަނަ ބަދަލު. ފެނާންޑޭޒްގެ ބަދަލުގައި ރޮބިންސަން.
"57- މޯހަން ބަގާނަށް ލިބުނު ކޯނަރަކުން މާޒިޔާގެ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ކީޕަރު ޕަވެލް އަތަށް.
"54-އަސަދުﷲ ފޮނުވާލި ޕެނަލްޓީ ވަރަށް ރީއްޗަށް ގޯލް ތެރެއަށް.
މޯހަން ބަގާން އޭރިޔާ ތެރޭގައި ހުރި އުމޭރަށް ޔަސްފާދު ޖައްސާލި ބޯޅަ ހިފައިގެން އޭނާ ގޯލާ ދިމާއަށް ދަނިކޮށް ކީޕަރު އުމޭރަށް ފައުލްކުރީ.
"53- މާޒިޔާއަށް ޕެނަލްޓީއެއް.
މޯހަން ބަގާނަށް ލިބުނު ކޯނަރަކުން މާޒިޔާގެ ގޯލް ކުރިމައްޗަށް ހުރަސްކޮށްލި ބޯޅަ ބޮލުން ޖަހައި ގޯލްތެރެއަށް ފޮނުވާލީ ކެޕްޓަން ކިންޝޫ. މިއީ މާޒިޔާގެ ކީޕަރަށް ހެދުނު ގޯހެއް. އޭނާ ހުރީ މާބޮޑަށް ކުރިއަށް ނުކުމެ.
"48-މޯހަން ބަގާން ލަނޑެއް ޖަހައިފި.
ދެވަނަ ހާފް ފަށައިފި.ކިކްއޯފް ކުރީ މޯހަން ބަގާންއިން.
ދެވަނަ ހާފްގެ ކުޅުން ފެށުމަށް ދެޓީމު ދަނޑަށް ނުކުމެއްޖެ.
އިތުރު ވަގުތުގެ 1 މިނިޓާއެކު ފުރަތަމަ ހާފްގެ ކުޅުން ނިމިއްޖެ.
އުމޭރު ވަރަށް ރީތިކޮށް މޯހަން ބަގާން އޭރިޔާ ތެރޭން ރަކިޗަށް ޖައްސާލި ބޯޅަ ވަރަށް ރީތިކޮށް އޭނާ ގޯލް ތެރެއަށް ފޮނުވާލީ.
"44-މާޒިޔާ ތިން ވަނަ ލަނޑު ކާމިޔާބުކޮށްފި.
"40- މޯހަން ބަގާން އިން ބަދަލެއް ގެނެސްފި. ކެޕްޓަން ކަޓްސޫމީގެ ބަދަލުގައި ކުޅެން ނުކުތީ އަޒްހަރުއްދީން.
"38- އަސަދުﷲ، މޯހަން ބަގާން އޭރިއާތެރެއަށް ވަދެ ފޮނުވާލި ބާރު ހަމަލާ މޯހަން ބަގާން ކުޅުންތެރިއެއް ގައިގަ ޖެހި ބްލޮކް ވެއްޖެ.
މެޗުގެ މިހާތަނަށް އައިއިރު ބޯޅަ ހިފަހައްޓައިގެން ރަނގަޅަށް ކުޅެމުންދަނީ މާޒިޔާއިން.
"30- ޔަޝްފާދު، މޯހަން ބަގާން އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ހަމަލާ މޯހަން ބަގާން ކީޕަރު ދިފާއުކޮށްފި.

"30- ޖޭޖޭ، މާޒިޔާގެ އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ބޯޅަ މާޒިޔާގެ ކީޕަރު އަތަށް.
"27- އަސަދުﷲގެ މޮޅު ޕާހަކުން އެ ގޯލް ޖަހައިދިނީ އުމޭރު. އުމޭރު މި މުބާރާތުގައިވަނީ ތިން ލަނޑު ކާމިޔާބުކޮށްފަ. މިހާރު ނަތީޖާއަކީ މާޒިޔާ 02 މޯހަން ބަގާނަށް ލަނޑެއް ނުޖެހޭ.
"27-މާޒިޔާއިން ދެވަނަ ލަނޑު ޖަހައިފި
"26- މާޒިޔާގެ އޭރިއާ ތެރެއަށް މޯހަން ބަގާން ކުޅުންތެރިއަކު ހުރަސް ކުރި ބޯޅަ މާޒިޔާގެ ކީޕަރު ކުރިއަށް ނުކުމެ ބޯޅަ ހިފައިފި.
"23- ޔަޝްފާދު، އޭރިއާ ބޭރުގައި ހުރެ ފޮނުވާލި ހަމަލާ މޯހަން ބާގަންގެ ކީޕަރު އަތަށް.
"22- ކޯނަރަކުން ޖޭޖޭ ފޮނުވާލި ހަމަލާ މާޒިޔާގެ ގޯލް ލައިން މަތިން އުމޭރު ދިފާއުކޮށްފި.
"21- ރަކިޗް މޯހަން ބަގާން އޭރިއާތެރެއަށް ހުރަސް ކުރި ބޯޅަ މާޒިޔާ ކުޅުންތެރިއަކަށް ލިބުމުގެ ކުރިން މޯހަން ބަގާންގެ ކުޅުންތެރިން ދިފާއުކޮށްފި
"17- ޔަޝްފާދު މުޅިން ހުސްކޮށްލާފައި ދިން ބޯޅަ ހިފައިގެން އަސަދުﷲ ޕެނަލްޓީ އޭރިއާ ތެރެއަށް ވަން ފަހުން މޯހަން ބަގާންގެ ދެ ކުޅުންތެރިން ބޯޅަ ބްލޮކު ކުރީ.
މޯހަންބަގާންގެ ޕެނަލްޓީ އޭރިޔާ ތެރެއަށް އަސަދުﷲ ފޮނުވާލި ބޯޅަ ބްލޮކްވެގެން ނުކުތްވަގުތު ލިބުނީ ޔަޝްފާދަށް. އޭނާ ވަރަށް ރީތިކޮށް އެއްފަހަރުން ޖަހައި ބޯޅަ ގޯލްތެރެއަށް ފޮނުވާލީ.
"12-މާޒިޔާ ލަނޑު ޖަހައިފި.
"10- މޯހަން ބަގާންގެ ޕެނަލްޓީ އޭރިޔާ ބޭރުން އޭރިޔާ ތެރެއަށް އުމޭރު ދިން ބޯޅައަށް އަރަން ހުރި ޔަޝްފާދަށް މިފަހަރުވެސް ބޯޅައަށް ރަނގަޅަށް ނޭރުނު.
"6- މާޒިޔާއިން ހަމަލާއެއް އުފައްދަން ލިބުނު ރަނގަޅު ފުރުސަތެއް ގެއްލުނީ. މޯހަން ބަގާން ގޯލް ކުރިމައްޗަށް އުމޭރު ހުރަސްކޮށްލި ބޯޅައަށް އަރައިހުރި ޔަޝްފާދަށް ބޯޅަ ލިބުމުގެ ކުރީން މާޒިޔާގެ އެހެން ކުޅުންތެރިއަކު ބޯޅަ ހޯދުމަށްފަހު އޭރިޔާއިން ބޭރަށް ކުޅުނު ވަގުތު ބޯޅަ މިވަނީ ގެއްލިފައި.
"4- މާޒިޔާގެ ޕެނަލްޓީ އޭރިޔާ ބޭރުން ޖޭޖޭ ފޮނުވާލި ބޯޅަ ކީޕަރު އަތަށް.
މެޗު ފަށައިފި
މެޗު ފެށުމަށް ދެޓީމު ދަނޑަށް ނުކުމެއްޖެ.