މިއަހަރުގެ ރޯދަ މަހަށް ޚާއްސަކޮށްގެން މީޑިއާ ނެޓުން ކުރިއަށް ގެންދާ "ރޯދަ ހަދިޔާ ޕްރޮމޯޝަން"ގައި ހޮވާލެވޭ ފަރާތަކަށް ދުބާއީ ދެކޮޅު ޓިކެޓު ދޭން ހަމަޖައްސައިފި އެވެ.

މި މަހުގެ ދެ ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ ދެ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަނުގެ ދަށުން، ދުބާއީ ޓިކެޓު ލިބެނީ މީޑިއާނެޓުގެ ފެމިލީ ޕެކޭޖުން ފެށިގެން މަތީ ޕެކޭޖުތަކަށް ފައިސާ ދައްކަވާ ނަސީބުވެރި ކޮންމެވެސް އެއް ބޭފުޅަކަށެވެ.

އެ ޕްރޮމޯޝަނުގައި، މީގެ އިތުރުންވެސް ކޮންމެ ހަފްތާއަކު ނަސީބުވެރި ތިން ފަރާތެއް ހޯދާނެއެވެ. އެގޮތުން އެއް ވަނަ އަށް ހޮވޭ ފަރާތަކަށް 55 އިންޗީގެ ފުލް އެޗްޑީ ޓީވީއެއް ދޭން ހަމަޖައްސާފައިވާއިރު ދެ ވަނަ ދޭން ހަމަޖައްސާފައިވަނީ 40 އިންޗީގެ ފުލް އެޗްޑީ ޓީވީ އެކެވެ.

ތިން ވަނަ އިނާމަކަށް ދެނީ "ސަޕްރައިޒް ގިފްޓެ"ކެވެ.

މީޑިއާ ނެޓުން ބުނި ގޮތުގައި އެ ކުންފުނީގެ އަމާޒަކީ، ފެށުނީއްސުރެ ކުންފުނީގެ ކަސްޓަމަރުންނާ މެދު އޮންނަ ގުޅުން ވަރުގަދަކޮށް ދެމެހެއްޓުމެވެ. އަދި އުއްމީދަކީ އެ ޕްރޮމޯޝަނުގެ ދަށުން ހުށަހަޅާފައިވާ އިނާމުތަކަކީ ކަސްޓަމަރުންގެ މެދުގައި މަގުބޫލު އިނާމްތަކަކަށްވުން ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

މީޑިއާނެޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކޭބަލްޓީވީގެ ޚިދުމަތް ދެމުން އަންނަ އެ ވިޔަފާރީގެ އެންމެ މަގުބޫލު ކުންފުންޏެވެ.