03 May 2017, 13:45
ވިލާ ހޮސްޓެލްސް އެންޑް ރިސޯޓްސްގެ އަތުން 18.6 މިލިއަން ޑޮލަރު ހޯދަން ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދައުވާ ކޮށްފިއެވެ.
އެ ދައުވާކޮށްފައި ވަނީ އެކުންފުނިން ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރަމުންދާ ކ. ބޮލިދުއްފަރާއި، ކ. ވާވެއްދިފަޅުގެ ކުއްޔާއި ޖޫރިމަނާ ދައްކާފައިނުވާ ކަމަށް ބުނެއެވެ.
ކ. ބޮލިދުއްފަރާއި ކ. ވާވެއްދި ފަޅު އަނބުރާ ސަރުކާރަށް ނެގީ 2013 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ. އެއީ ސަރުކާރާއި ވިލާ ރިޒޯޓްސްއާ ދެމެދު ސޮއިކޮށްފައިވާ އެމެންޑަޑް އެންޑް ރީ-ސްޓޭޓެޑް ލީޒް އެގްރިމަންޓާ ޚިލާފަށް ނިންމި ނިންމުމެއް ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.
ނަމަވެސް ސިވިލް ކޯޓުގެ އެ ހުކުމް ހައިކޯޓުން ވަނީ ބާތިލްކޮށްފައެވެ.