09 Jul 2011, 18:03
ދެކުނު ސޫދާން، މިނިވަން ގައުމެއްގެ ގޮތުގައި ހަމަޖެހިގެން ދިޔުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ބުނީ ދެކުނު ސޫދާނުގެ މިނިވަންކަން ރޭ އިއުލާން ކުރުމާ ގުޅިގެން، ރައީސް ސަލްވާ ކީރް މަޔާދީތަށް ރައީސުލްޖުމްހޫރިއްޔާ، ފޮނުއްވި ތަހުނިޔާގެ މެސެޖްގައި، މި އުފާވެރި މުނާސަބަތުގައި، ދެކުނު ސޫދާނުގެ ރައްޔިތުންނަށާއި، އެ ގައުމުގެ ސަރުކާރަށާއި، ރައީސް މަޔާދީތަށް، ދިވެހި ރައްޔިތުންނާއި، ސަރުކާރާއި، ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ އެމެސެޖުގައި ދެކުނު ސޫދާނުގެ ރައްޔިތުންނަށް ފުރިހަމަ ސިއްހަތަކަށާއި، އުފާވެރިކަމާއި، ސުލްޙައާއި، ތަރައްގީއަށް އެދިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައިވެ އެވެ.