03 May 2017, 13:01
ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕާޓީ، ޕީޕީއެމްގެ ޓިކެޓުގައި މައްޗަންގޮޅި އުތުރު ދާއިރާއަށް ވާދަކުރާ ޣާނިމް އަބްދުލްޣަފޫރު ބަންދު ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލް ހައިކޯޓުގައި އެދިއްޖެ އެވެ.
އޭނާ ބަންދުގައި ބެހެއްޓުމަށް ޕީޖީން އެދިފައި ވަނީ، އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި، ކުރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމުންނެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރަނީ، މިދިޔަ މާޗް މަހުގެ ތެރޭގައި ކާނިވާ ސަރަހައްދުގައި ހިނގި މާރާމާރީއެއްގައި ބައިވެފައިވާ ކަަމަށެވެ.
އެ މައްސަލައިގެ އިތުރުން 2013 ވަނަ އަހަރު ސިފައިންގެ މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލި މައްސަލައެއްގައި ޣާނިމްގެ މައްޗަށް ވަނީ ދައުވާކޮށްފަ އެވެ. ނަމަވެސް އެ ދައުވާ ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.