03 May 2017, 12:15
ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލާއާ ގުޅިގެން އިތުރު މީހަކު ހައްޔަރު ކޮށްފި އެވެ.
އެނގިފައިވާ ގޮތުން އެ މައްސަލާގައި ފުލުހުން ހައްޔަރު ކޮށްފައި ވަނީ އުމުރުން ގާތްގަނޑަކަށް 22 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގަ އެވެ.
އަދި އޭނާއަކީ ސަރުކާރު ވަޒީފާއެއްގައި އުޅޭ މީހެއް ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައި ވީ ނަމަވެސް 'ސަން' އަށް އެނގިފައިވާ ގޮތުން އޭނާއަކީ އަމިއްލަ މަސައްކަތްކޮށް އުޅޭ މީހެކެވެ. އަދި ސަރުކާރުގެ އެއްވެސް ވަޒީފާއެއް އަދާ ކުރާ މީހެއް ނޫންކަން ވެސް އެނގިފައިވެ އެވެ.
ޔާމީންގެ މަރާލި މައްސަލައިގެ ތުހުމަތުގެ ފުލުހުން ގދ. ގައްދުއަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ މުހައްމަދު ދިފްރާން ހައްޔަރުކޮށްފަ އެވެ. ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފަ އެވެ.
ޔާމީން ރަޝީދު މަރާލާފައި އޮއްވާ ފެނުނީ އޭޕެރީލް 22 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ.