03 May 2017, 11:09
ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން 24 ގަޑިއިރު ހަބަރު ގެނެސްދިނުމަށް "ޕީއެސްއެމް ނިއުސް"ގެ ނަމުގައި ޗެނަލެއް އިފްތިތާހުކޮށްފި އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޕީއެސްއެމް ނިއުސް ޗެނަލް އިފްތިތާހުކޮށްދެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.
އެޗްޑީ ކޮލިޓީގައި ހިދުމަތްދޭ އެ ޗަނަލުން ގެނެސްދޭނީ ހަބަރާއި މައުލޫމާތު ކަމަށާއި އެއީ ހަބަރަށް ހާސްކޮށްގެން ފެށި ޗެނަލެއް ކަމަށް ޕީއެސްއެމުން ބުންޏެވެ. އެޗެނަލުން ކޮންމެ ގަޑިއަކު އެއްފަހަރު ހަބަރު ގެނެސްދޭނެ ކަމަށް ވެސް ޕީއެސްއެމުން ބުންޏެވެ.
އޭގެ އިތުރުން ރާއްޖެއާ ގުޅޭ ޑޮކިއުމެންޓްރީތަކާއި ރިޕޯޓުތައް ވެސް އެ ޗެނަލް މެދުވެރިކޮށް ގެނެސްދޭނެ ކަމަށް ޕީއެސްމުން ބުންޏެވެ.