02 May 2017, 20:41
ޔުނިވާސަލް ފައުންޑޭޝަނުން ިމާދުއްދީން ސްކޫލުގެ ޖުވެލް ސެންޓަރަށް ބޭނުންވާބައެއް ތަކެތި ހަދިޔާކޮއްފިއެވެ.
މިއަދު ހަވީރު އިމާދުއްދީން ސްކޫލުގައި އެކަމަށް ހާއްސަކޮއްގެން ބޭއްވި ރަސްމިއްޔާތުގައި އެތަކެތި ސްކޫލާ ހަވާލުކޮއްދީފައި ވަނީ ޔުނިވާސަލް ފައުންޑޭޝަންގެ ސީއީއޯ އިޔާޒް ވަހީދެވެ.
ޔުނިވާސަލް ފައުންޑޭޝަނަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެކިއެކި ބޭނުން ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮއްދެމުން އަންނަ ފައުންޑޭޝަނެކެވެ.
ޔުނިވާސަލް ފައުންޑޭޝަން އިން ިމާދުއްދީން ސްކޫލުގެ ޖުވެލް ސެންޓާ އަށް ހަދިޔާކުރި ތަކެތި ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ/މުހަންމަދު އަފްރާހު
"ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކާ ގުޅިގެން އެކިއެކި ބޭނުންތަކަށް ޖެހިފައިވާ ފަރާތްތަކަށް މާލީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެހީތެރިކަން ދިނުމަކީ އަޅުގަނޑުމެން ވަރަށް ހާއްސަ އިސްކަމެއްދޭ ކަމެއް" އިޔާޒް ވިދާޅުވިއެވެ.
އިމާދުއްދީން ސްކޫލްގެ ޕްރިންސިޕަލް ވަފާ ވަހީދު ސަން އަށް ވިދާޅުވީ، އެ ފައުންޑޭޝަނުން ޖުވެލް ސެންޓަރަށް ހަދިޔާ ކުރި ތަކެއްޗަކީ ރާއްޖެއިން ލިބެން ނުހުންނަ ތަކެތި ކަމަށެވެ. ނަމަވެސް އެތަކެއްޗަކީ ސެންޓަރަށް ނުހަނު ބޭނުން ވާ ތަކެތި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޔުނިވާސަލް ފައުންޑޭޝަން އިން ިމާދުއްދީން ސްކޫލުގެ ޖުވެލް ސެންޓާ އަށް ހަދިޔާކުރި ތަކެތި ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން---ސަން ފޮޓޯ/މުހަންމަދު އަފްރާހު
ހަދިޔާކުރި ތަކެތީގެ ތެރޭގައި ދަރިވަރުންގެ އަހުލާގާއި އުޅުން ބައްޓަންކުރާނެ ހާއްސަ އިކުއިޕްމެންޓްތައް ހިމެނެއެވެ.
ޖުމްލަ 84 ކުދިން މިހާރުވެސް ތައުލީމު ހާސިލްކުރަމުންދާ އެ ސެެންޓަރުން ތައުލީމު ހާސިލް ކުރި 12 ކުއްޖަކަށް މިއަހަރުވެސް ސަރުކާރުގެ އެކި ކުންފުނިތަކުން ވަޒީފާ ހަމަޖެހިފައިވާކަންވެސް ޕްރިންސިޕަލް ފާހަގަކުރެއްވިއެވެ.