ކުރިޔަށް އޮތް ރޯދަ މަހާ ދިމާކޮށް، އަގުހުރި އިނާމުތަކެއް ލިބޭ ޚާއްސަ ޕްެރޮމޯޝަނެއް ވެލިގާ ހާޑުވެއާއިން ފަށައިފި އެވެ.

ވެލިގާ ހާޑްވެއާއިން ބުނާ ގޮތުގައި، މި ޕްރޮމޯޝަނުގެ ދަށުން، ސާފުކުރާ ސާމާނުމ ފަންކާ، ލައިޓު، ސީލަރު، ކުލަ އަދި ބަދިގެ ސާމާނު ފަދަ ތަކެތިން 25 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.

މި ޕްރޮމޯޝަނު ކުރިއަށްދާ ދުވަސްވަރު، ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް، އަދި 100 ރުފިޔާއިން މަތީގެ ކޮންމެ ވިޔަފާރިއަކަށް ދެ ކޫޕަނު ލިބެއެވެ. އަދި ވެލިގާ ހާޑްވެއާގެ ކޮންމެ ފިހާރައަކުންވެސް، ކޮންމެ ހަފްތާއަކު ހޮވާ ނަސީބުވެރި ފަރާތަކަށް 500 ރުފިޔާގެ ވައުޗަރެއް ދޭގޮތަށް ވަނީ ހަމަޖެހިފައެވެ.

ޕްރޮމޯޝަނުގެ ބޮޑު ތިން އިނާމުގެ ނަސީބުވެރިން ހޮވާނީ ޕްރޮމޯޝަން ނިމުމުންނެވެ. ޖޫން 10 ގެ ނިޔަލަށް ކުރިޔަށްދާ ޕްރޮމޯޝަނުގައި އެއްވަނައަށް ހޮވޭ ނަސީބުވެރިޔާއަށް 20،000 ރުފިޔާގެ ވައުޗަރެއް ލިބޭއިރު ދެވަނައަށް ހޮވޭ ފަރާތަކަށް 10،000 ރުފިޔާ، އަދި ތިންވަނައަށް ހޮވޭ ފަރާތަކަށް 5،000 ރުފިޔާގެ ވައުޗަރެއް ލިބޭނެއެވެ.

މި ވައުޗާތައް ބޭނުން ކުރައްވާއިގެން ވެލިގާ ހާޑްވެއާގެ ކޮންމެ ފިހާރައަކުންވެސް ވައުޗާގައި ކަނޑައެޅިފައިވާ އަދަދަށް ތަކެތި ލިބޭނެ ކަމަށް ވެލިގާ ހާޑުވެއާއިން ބުނެއެވެ.