02 May 2017, 11:12
މިއަހަރުގެ ރަމަޟާން މަހު ސަރުކާރު މުވައްޒަފުން، ނުވަތަ ސިވިލް ސާވިސް މުވައްޒަފުންގެ ރަސްމީ ގަޑިއަކީ ހެނދުނު 10:00 އިން ފެށިގެން 14:00 އަށް ކަމަށް ކަނޑައަޅައިފިއެވެ.
އެއީ މިދިޔަ އަހަރުގެ ރޯދަ މަހުގައިވެސް ކަނޑައެޅި ސަރުކާރުގެ ރަސްމީ ގަޑިއެވެ. އެއާ އެކު މުވައްޒަފުން މަސައްކަތް ކުރަން ޖެހޭނީ ފަސް ގަޑިއިރެވެ.
ރައީސް އޮފީހުގެ ތަރުޖަމާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަހަރުގެ ރަމަޟާން މަހުގައި ސަރުކާރުގެ ރަސްމީ ގަޑިއަކީ 10:00 އިން މެންދުރު 02:00 އާ ހަމައަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ.
"Mi aharu ge Ramazan mahuge ves rasmee gadi akee 10:00 in 14:00 ah kamugai Raeesuljumhooriyyaa hama jassavaifi." -im
— ɪʙʀᴀʜɪᴍ ᴍᴜᴀᴢ ᴀʟɪ (@SpokespersonMV)May 2, 2017