02 May 2017, 10:22
ރޭޕުގެ މައްސަލައަކާ ގުޅުންހުރި ކަމަށް ތުހުމަތުކުރެވޭ ބިދެސީއެއްގެ ފޮޓޯ އާންމުކޮށް، އޭނާ ހޯދައި ދިނުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދެފި އެވެ.
ފުލުހުންގެ ޖެނަރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ އެ މައްސަލައާ ގުޅިގެން މިއަދު ފޮޓޯ އާންމުކޮށް ހޯދަން އިއުލާންކޮށްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 30 އަހަރުގެ ރާޝިދު މިއަރ ނަމަކަށް ކިޔާ މީހެކެވެ. އޭނާގެ އިތުރު މައްސަލައެއް ވެސް ތަހްގީގް ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ރަޝީދު މިއާރ ބެހޭ އެއްވެސް މައުލޫމާތެއް އިނގޭ ފަރާތެއް ވާ ނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރެއްވުން އެދޭކަމަށެވެ.