14:30


އާންމު ހިއްސާދާރުންގެ ތެރެއިން އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.


އެސްޓީއޯ އިން ނެރެފައިވާ އިއުލާނެއްގައި ވަނީ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާން އެދޭ ފަރާތްތަކަށް މިމަހުގެ ނިޔަލަށް ފޯމްލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. އެ މަގާމަށް ކުރިމަތިލާ މީހަކު ނަމަ ފާއިތުވި އަހަރު ދުވަހުގެ ތެރޭ އެ ކުންފުނީގެ އިސް މަގާމެއް ފުރާފައި އޮވެގެން ނުވާނެ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.


އެސްޓީއޯ ހިއްސާދާރުންގެ އަހަރީ އާއްމު ޖަލްސާ ބޭއްވުމުގެ ތައްޔާރީތައް ވަމުން އަންނަ ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.