01 May 2017, 22:43
އެމެރިކާގެ އެލަސްކާ ސަރަހައްދަށް ބާރުގަދަ ބިންހެލުންތަކެއް އަތުވެއްޖެ އެވެ.
ޖުމްލަ ދެ ބިންހެލުމެއް އައިސްފައިވާ އިރު އެ ދެ ބިންހެލުމުގައި ވެސް މުޅި ސަރަހައްދަށް ބޮޑެތި ލޮޅުންތަކެއް އެރި ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ފަހުން ދެތިން ފަހަރު ބާރުދަށް ބިންހެލުންތަކެއް ވެސް އައިސްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެންމެ ފުރަތަމަ ބިންހެލުން އައީ ރާއްޖެގަޑިން ގާތްގަނޑަކަށް ހަވީރު 5:30 ހާއިރު އެވެ. އެއީ 5.2 މެގްނިޓިއުޑްގެ ބާރުމިނުގައެވެ. އަދި ދެވަނަ ބިންހެލުން ގާތްގަނޑަށް 7:30 ހާއިރު އައިސްފައިވާއިރު އެއީ 6.3 މެގްނިޓިއުޑްގެ ބާރުމިނުގެ ބިންހެލުމެކެވެ.

ބިންހެލުން އައި ސަރަހައްދު
އޭގެ ފަހުންވެސް ގާތްގަނޑަކަށް ގަޑިއިރެއް ވީއިރު އެތައް ފަހަރަކު 2.3 މެގްނިޓިއުޑާއި 5.2 މެގްނިޓިއުޑާ ދެމެދުގެ އަދަދަކަށް ވަނީ ބިންހެލުން އައިސްފައެވެ.
އެ ބިންހެލުންތަކުގައި މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމެއް އަދި ނޭނގެއެވެ.
This is one earthquake aftershock from my office in#Whitehorse#Yukonpic.twitter.com/TGw8hFFd7B
— Karen Vallevand (@cbcnorthkv)May 1, 2017
އެމެރިކާގެ މޫސުމާ ބެހޭ ބައެއް އިދާރާތަކުން ބުނާގޮތުން ބިންހެލުމުގެ ސަބަބުން ސުނާމީއެއް އުފެދުމުގެ ފުރުސަތު ކުޑައެވެ. ނަމަވެސް އެ ގައުމުގެ ސަރަހައްދުތަކުގެ ރައްޔިތުންނަށް ވަނީ ތައްޔާރީ ހާލަތެއްގައި ތިބުމަށް އިލްތިމާސްކޮށް، އަދި ސަލާމަތީ ކަންކަން ބަލަހައްޓާ ފަރާތްތައް އެލާޓަށް ގެނެސްފައެވެ.
ބިންހެލުމުގެ ސަބަބުން އެލަސްކާ ސަރަހައްދުގެ ބޮޑު ބަޔަކުން ވަނީ ކަރަންޓު ކެނޑިފައެވެ.