01 May 2017, 13:34
އޯކިޑްމަގުގައި ހުންނަ އައިލެންޑް ޕާލް އޮފީސް ފަޅާލައި ވައްކަންކޮށް، އެތަނުގައި ހުޅުޖެހިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު "ސަން" އަށް ވިދާޅުވީ، އެ އޮފީސް ފަޅާލި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު ހެނދުނު ކަމަށެވެ.
ފުލުހުން ބުނީ އެކަމުގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ މީހުން ހައްޔަރުކޮށްފައި ވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ.
Orchidmagu gai hunna island pearl office falhaalaa alifaan roakoh, eoffihun vakkankuri kamah thuhumathu kurevunu 3 meehun 1/2
— Maldives Police (@PoliceMv)May 1, 2017
fuluhunge belumugedhashah genevifai. 2/2
— Maldives Police (@PoliceMv)May 1, 2017
ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާތީ އިތުރު މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަށެވެ.