ޕްރޮފެސާ އުގެއިލް ކަނޑުގެ ދިރާސާތައް ކުރަން ހަދާފައިވާ ކޮރަލިއަން ލެބް ހިންގާ ޅ. ވައްވަރު ދައުލަތައް ނަގައިފި އެވެ.

ފިޝަރީޒް މިނިސްޓްރީގެ ޕާމަނަންޓް ސްކެޓަރީ ހުސެއިން ޝިނާން މިއަދު ސަން އަށް ވިދާޅުވީ ވައްވަރު ދައުލަތަށް ނެގީ ގަވައިދާ އެއްގޮތަށް އަމަލު ނުކުރާތީ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

އުގެއިލް ދިރާސާތައް ކުރާ ލެބް--

އެކަމާ ބެހޭ ގޮތުން އުގެއިލްގެ ބަހެއް އަދި ވަނީ ލިބޭގޮތްނުވެފަ އެވެ.

އެރަށުގައި އުގެއިލް އިސްވެ ހުންނަވައިގެން ވަނީ މުރަކައާއި ކަނޑުގެ އެކިއެކި ދިރުންތަކާ ބެހޭ އިލްމީ ބައިނަލްއަގުވާމީ ފެންވަރުގެ ދިރާސާތައް ކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތަކެއް ކޮށްފަ އެވެ.

ދެހާސް ދިހަ ވަނަ އަހަރު އެރަށް ލެބްހަދަން ދީފައި ވަނީ 27 އަހަރުގެ މުއްދަތަކަށެވެ.