ހުޅުލެ އާއި މާލެ އާއި ދޭތެރޭ ދަތުރުކުރާ ފެރީތަކުގެ ޓިކެޓެއްގެ އަގުން ކޮޅަކަށް އެއް ރުފިޔާ ބޮޑުކުރަން ނިންމައިފި އެވެ.

އެއާޕޯޓްސް ފެރީ އޮޕަރޭޓާ އެސޯސިއޭޝަނުން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައި ވަނީ މިމަހު 10 ވަނަ ދުވަހުން ފެށިގެން އެ ހިދުމަތުން ޖީއެސްޓީ ނަގާތީ މިހާރު 10 ރުފިޔާ އަށް ވިއްކާ ޓިކެޓެއް 11 ރުފިޔާ އަށް ވިއްކާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

ޖީއެސްޓީ ނެގުމަށް ޓަކައި ހުޅުމާލެ އާއި ވިލިމާލެ ޓިކެޓުގެ އަގުތަކަށް ވެސް މީގެ ކުރިން ވަނީ ބަދަލުތައް ގެނެސްފަ އެވެ.