09 Jul 2011, 15:06
ފިރިހެނުންނަށް ހާއްސަކޮށްގެން ޖަމިއްޔަތުލް ސަލަފުން އިންތިޒާމްކޮށްގެން ބާއްވާ ނަމާދާ ބެހޭ ވޯކްޝޮޕެއް މިއަދު ފަށައިފި އެވެ.
އެ ޖަމިއްޔާގެ އޮފިޝަލަކު މިއަދު ވިދާޅުވީ އިއްޔެ ފެށި އެ ވޯކްޝޮޕްގެ ބޭނުމަކީ ރަސޫލާގެ ސުންނަތާ އެއްގޮތަށް ގިނަ ބަޔަކަށް ނަމާދުކުރަން ދަސްކޮށްދިނުން ކަމަށެވެ.
އަދި ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ އެ ވޯކްޝަޕްގެ ރޭގެ ދަންފަޅީގައި 71 މީހަކު ބައިވެރިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ވޯކްޝޮފްގައި ވަރަށް ޑީޓެލްކޮށް ތޮހާރަތުގެ ބައެއް ވެސް ހިމަނައިގެން ކުރިއަށްދާނީ،" އޮފިޝަލް ވިދާޅުވި އެވެ.
ނަމާދާ ބެހޭ ގޮތުން ސަލަފް ޖަމިއްޔާ އިން ރޭ ބޭއްވި ވޯކްޝޮޕްގެ އިތުރު ބައެއް އަންނަ ހަފްތާގައި، އަންހެނުންނަށް ހާއްސަކޮށްގެން ބާއްވާނެ ކަމަށް ވެސް އެ ޖަމިއްޔާ އިން ބުންޏެވެ.