ކިއުބާގައި ފަސިންޖަރުން ގޮވައިގެން ދަރުތުކުރި ފްލައިޓެއް ވެއްޓީ އެއިން ދަތުރުކުރި ކުރި 39 މީހުން މަރުވެއްޖެއެވެ.

ކިއުބަން އެއާލައިނަށް ނިސްބަތްވާ އެންޓެނޯވީ އޭއެން-26 އެއާކްރާފްޓް ވެއްޓުނީ، ވެރިރަށް ހަވާނާއާ 50 މޭލު ދުރުގައި އޮންނަ ޕިނާރް ޑެލް ރިއޯ ކައިރިއަށް ކަމަށް އިނގިރޭސި ވިލާތުގެ ޑެއިލީމެއިލުން ރިޕޯޓުކުރެއެވެ.

ބޯޓު ވެއްޓިފައިވާ ސަރަހައްދަކީ، ލަސް ލޯމަސް ޑި ސޭން ކްރިސްޓޯބަލް ކިޔާ، އެއްގަމުން އެ ސަރަހައްދަށް ދިއުމަށް ވަރަށް އުނދަގޫ ހިސާބުގަނޑެއްކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ކިއުބާގެ ނޫސްތަކުން ރިޕޯޓުކުރާ ގޮތުގައި އެގައުމުގެ ބަރަކޯއާ އެއާޕޯޓުން ފުރަައިގެން ދިޔަ އެ ފްލައިޓުން ދަތުރުކުރި އެންމެން ވަނީ އެ ހާދިސާގައި މަރުވެފައެވެ. އެހެން ނަމަވެސް އެކަން އަދި މިހާތަނަށް ކިއުބާގެ ރަސްމީ އިދާރާރަކުން ކަށަވަރުކޮށެއް ނުދެއެވެ.