ލޭޝިއާގައި ކުރިޔަށްދިޔަ އޭސީސީ 19 އަހަރުންދަށުގެ ކްރިކެޓް ޗެލެންޖްކަޕްގެ ފަސް ވަނަ، ހަ ވަނަ ހޮވުމަށް ކުޅުނު މެޗްގައި އީރާނާއި ބައްދަލުކޮށް 42 ލަނޑުން ދިވެހި ރާއްޖެ ބަލިވެއްޖެ އެވެ.

ޓޮސްދިމާވެގެން ރާއްޖެ ޤަސްދުކުރީ ހޮވުމަށެވެ. މިގޮތުން ކުވޭތު ކުޅެންއަރާ45.2 އޯވަރުގެ ތެރޭ ފަސް ކުޅުންތެރިން ނުބައިވެގެން 137ލަނޑުވަނީ ހަދައިފަ އެވެ. ރާއްޖޭޓީމުން އެންމެ ރަގަޅަށް އުކާފައި ވަނީ އަށް އޯވަރު 18 ލަނޑަށް އެއް ވިކެޓްނެގި ސަލްމާން ޒަކީއާއި، 10 އޯވަރު 16 ލަނޑަށް އެއް ވިކެޓް ނެގި ޙައްމާދު ޒަރީރެވެ.
ޖަވާބްގައި ރާއްޖޭގެ ޓީމް ކުޅެންއަރާ 26.4 އޯވަރުގެތެރޭ ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 95 ލަނޑެވެ. މިމެޗްގައި ރާއްޖެ ޓީމުން އެންމެ މޮޅަށް ކުޅެފައިވަނީ 23 ލަނޑުހެދި ޙަސަން ޙާޒިޤް ރަޝީދާއި، 22 ލަނޑު ހެދި އަޙްމަދު އަމީލެވެ. އަދި މިމެޗްގެ އެންމެ މޮޅުކުޅުންތެރިއަކަށްހޮވިފައިވަނީ އީރާން ޓީމްގެ މަސްއޫދެވެ.

މިމެޗުން ރާއްޖެޓީމްބަލިވުމުން ލިބިފައިވަނީ މުބާރާތުގެ ހަ ވަނަ މަޤާމެވެ.

ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ބުރުނާއީއާ ވާދަކޮށް 322 ލަނޑުން އާދީއްތަ ދުވަހު ވަނީ މޮޅުވެފަ އެވެ. ދެ ވަނަ މެޗުގައި ސައޫދީ އަރަބިޔާ އަތުން ހަ ވިކެޓުން ބަލިވި އިރު ތިން ވަނަ މެޗުގައި ކުވޭތާ އަތުން ބަލިވީ 257 ލަނޑުންނެވެ.

ރާއްޖޭ ޓީމް މާލެ އައުމަށް ހަމަޖެހިފައިވަނީ މާދަމާ އިރުއޮއްސި 7.30 ގަ އެވެ.