އިންޑިއާގެ ލަވްލީ ޕްރޮފެޝަނަލް ޔުނިވަސިޓީން ޑޮކްރަޓޭޓް އޮފް ލިޓްރެޗަ އޮންރަރީ ކަމުގެ ޝަރަފު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަރުވަން ނިންމައިފި އެވެ.

އެ ޔުނިވަސިޓީން ބުނެފައިވަނީ ރައީސް ޔާމީނަށް ޑޮކްޓަރު އޮފް ލިޓްރެޗަ އޮންރިސް ކާޒާގެ ޝަރަފު ދިނުމަށް ނިންމާފައިވަނީ އެމަނިކުފާނު ގައުމަށް ކުރައްވާ އަގުހުރި ޚިދުމަތުގެ އަގުވަޒަން ކޮށް ކަމަށެވެ.

ފެށޭ މަހުގެ ދެވަނަ ދުވަހު ލަވްލީ ޔުނިވަސިޓީގެ ދަސްވެނިވުުގެ ހަފްލާގައި ރައީސް ޔާމީން ބައިވެރިވެ ވަޑައިގަތުމަށް އެދި އެ ޔުނިވަސިޓީން ވަނީ ދައުވަތު އަރުވާފަ އެވެ.

ނަމަވެސް ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައިވަނީ ރައީސް ޔާމީނަށް އިންޑިއާގެ ޔުނިވަސިޓީއަކުން އަރުވާ އޮނަރަރީ ޑޮކްޓަރޭޓްކަމުގެ އެވޯޑާ ހަވާލުވެ ވަޑައިގަތުމަށް އެމަނިކުފާނު އިންޑިއާއަށް ވަޑައިނުގަންނަވާނެ ކަމަށެވެ.

އެގޮތަށް ނިންމާފައިވަނީ މިހާރު ގައުމުގެ ތަރައްގީއަށް ކުރަން ކުރި ގިނަ ކަންކަމާއި ލޯކަލް ކައުންސިލް އިންތިހާބުގެ ކަންކަމާ އެމަނިކުފާނު ޝާމިލުވެ ވަޑައިގަތުމަށް ކަމަށްވެސް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

ލަވްލީ ޔުނިވަސިޓީއަކީ 2005 ވަނަ އަހަރު ވުޖޫދަށް އައިސްފައިވާ ޔުނިވަސިޓީ އެކެވެ. އިންޑިއާގެ ޓޮޕް ޔުނިވަސިޓީ ރޭންކިންގެ ހަތްވަނައިގައި ހިމެނޭ އެ ޔުނިވަސިޓީން ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފައިވެ އެވެ.