29 Apr 2017, 21:57

ރޯދަމަހަށް ޚާއްސަކޮށްގެން އެސްޓާސް އިން ވަރަށް އަގުހެޔޮކޮށް ސްކައިވޯތު ޓީވީ ލިބޭ ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެސްޓާސް އިން ބުނި ގޮތުގައި އެ ޕްރޮމޯޝަނުގެ ދަށުން މީގެ ކުރިން 18،888 ރުފިޔާއަށް ވިއްކަމުން ދިޔަ 65 އިންޗީގގެ ޔޫއެޗްޑީ ސްމާރޓް ޓީވީ، 14،999 ރުފިޔާއަށް، އަދި 55 އިންޗީގެ ޔޫއެޗްޑީ ފޯކޭ ޓީވީ 13،999 ރުފިޔާއަށް ލިބިގެންދާނެއެވެ.
އޭގެ އިތުރުން އެ ބްރޭންޑުގެ 32 އިންޗާއި، 40 އިންޗާއި، 43 އިންޗާއި 49 އަދި 55 އިންޗީގެ އިތުރުން 65 އިންޗީގެ އެކި މޮޑެލްތަކުގެ ޓީވީތަކުގެ އަގުތައްވެސް ވަނީ ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ.
އަދި ރޯދަމަހުގެ ޕްރޮމޯޝަންގެ އިތުރުން، މިރޯދަމަހަށް ޚާއްސަކޮށް އެސްޓާސްއިން ވަނީ 75 އިންޗީގެ ފޯކޭ އެޗްޑީ އަލްޓްރާ ސްމާރޓް ޓީވީއެއް ބާޒާރަށް ނެރެފައިއެވެ. އެ ޓީވީގެ އަގަކީ 38،350 ރުފިޔާ އެވެ.

އެސްޓާސްއިން ބުނީ އެ ސޭލްގެ ދަށުން ކޮންމެ ކަސްޓަމަރަކަށްވެސް ވިއްކުމަށް ހަމަޖެހިފައިވަނީ ދުވާލަކު އެއް ޓީވީ ކަމަށެވެ. އަދި ކޮންމެ ޓީވީއަކާ އެކު ވޯލް ބްރެކެޓަކާއި އެއް އަހަރު ދުވަހުގެ ވޮރެންޓީ ދޭންވެސް ހަމަޖައްސާފައިވާ ކަމަށް އެސްޓާސް އިން ބުންޏެވެ.
ސްކައިވޯތު ބްރޭންޑުގެ އިތުރުން، އެސްޓާސްއިން ފަށާފައިވާ ރޯދަ ޕްރޮމޯޝަނުގެ ދަށުން އެ ފިހާރައިން ވިއްކާ އެތައް މުދަލެއްގެ އަގު ވަނީ ހެޔޮކޮށްފައެވެ. އޭގެތެރޭގައި ފަރނީޗަރާއި، ފްރިޖް އަދި ދޮންނަމެޝިން ވެސް ހިމެނެއެވެ.