އައްޑޫ ސިޓީގެ ހުޅުދު އާއި މީދޫގައި ނަރުދަމާ ގާއިމު ކުރުމުމެ މަސައްކަތް 114 މިލިއަން ރުފިޔާ އަށް ސްރީލަންކާގެ ކުންފުންޏަކާ ހަވާލުކޮށް އަމަލީ މަސައްކަތް ފައްޓައިފި އެވެ.

އިއްޔެ ހުޅުދޫގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު ފައްޓަވައި ދެއްވީ އެންވަރުމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ އެ މަޝްރޫއަކީ އަންނަ އަހަރު މޭ މަހު ނިންމުމަށް ލަންކާގެ ޝިއާރާ ކުންފުންޏާ ހަވާލުކޮށްފައިވާ މަޝްރޫއުއެއް ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެ މަސައްކަތް ފެއްޓުމަށް ބޭނުންވާ ވެހިކަލްތައް މިހާރު އެ ކުންފުނިން ގެނެސްފައިވާ ކަމަށާއި މަސައްކަތް މުއްދަތުގެ ތެރޭގައި ނިންމާލާނެ ކަމަށް އެ ކުންފުނިން ބުނާ ކަމަށެވެ.

އެ މަޝްރޫއުއަކީ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން ހިންގާ މަޝްރޫއުއެކެވެ.