ސުޕަސްޓާ ސަލްމާން ޚާންގެ ތިން ހަށިފާރަވެރިޔަކު، ވަޒީފާ އިން ވަކިކޮށްފި އެވެ.

ސަލްމާން އޭނާގެ ތިން ހަށިފާރަވެރިން އެއް ފަހަރާ ވަޒީފާ އިން ވަކިކޮށްފައި ވަނީ އެމީހުން އޭނާގެ ޕާސަނަލް މައުލޫމާުތު ހާމަކުރާތީ ކަމަށް ޚަބަރުތައް ބުނެ އެވެ.

އެގޮތުން ސަލްމާން އުޅޭނޫޅޭގޮތް އަދި އޭނާ ދާ ތަންތަނުގެ މައުލޫމާތު އެމީހުން ޕަޕަރާޒީ އަށް ދެމުން އަންނަ ކަން ވަނީ ފަޅާއަރައިފަ އެވެ. އެކަމާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިގެން ސަލްމާން ވަނީ ތިން މީހުން އެއް ފަހަރާ ވަޒީފާ އިން ވަކިކޮށްފަ އެވެ.

ނަމަވެސް ސަލްމާން އެންމެ އިތުބާރު ކުރާ ހަށިފާރަވެރިޔާ ޝޭރާ އަދި ވެސް ހުރީ ވަޒީފާގަ އެވެ.

ސަލްމާން ވަނީ ވަރަށް ފަހުން އޭނާގެ މެނޭޖަރު ރެޝްމާ ޝެޓީ ވެސް ވަޒީފާ އިން ވަކިކޮށް، ރެޝްމާގެ ކުންފުނި މެޓްރިކްސް އާ ވެސް ވަކިވެފަ އެވެ. ޚަބަރުތައް ބުނާ ގޮތުން، ރެޝްމާ ވަޒީފާ އިން ވަކި ކުރީ، ސަލްމާންގެ ބޭބެ ސޮހެއިލް ޚާންގެ ޕްރޮޖެކްޓެއްގައި ސަލްމާން މަސައްކަތް ނުކުރުމަށް އޭނާ އެންގުމުންނެވެ.