09 Jul 2011, 10:11
ޖަރުމަނުގައި ކުރިޔަށްދާ އަންހެނުންގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގެ ކުޅުން މިރޭ ފެށޭނެ އެވެ. ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދި ދެ ޓީމް ވަނީ ކުއާޓާރ ފައިނަލަށް ހޮވިފަ އެވެ.
އެގޮތުން ފުރަތަމަ މެޗުގައި މިރޭ ރާއްޖެ ގަޑިން 9:00 ގައި ގުރޫޕް ބީ އިން އެއްވަނަ ހޯދި އިގިރޭސިން ނިކުންނާނީ ގުރޫޕް އޭގެ ދެ ވަނަ ޓީމް ފަރަންސޭސިންނާ ދެކޮޅަށެވެ. އަދި މިރޭ ކުޅޭ ކުއާޓާ ފައިނަލްގެ ދެވަނަ މެޗުގައި ގުރޫޕް އޭ ގެ އެއްވަނަ ޖަރުމަން ބައްދަލު ކުރާނީ ގުރޫޕް ބީ ގެ ދެވަނަ ޖަޕާން އެވެ.
މިމުބާރާތުގެ ކުއާޓާފައިނަލްގައި މާދަމާ ހަވީރު 4:00 ގައި ގުރޫޕް ސީ ގެ އެއްވަނަ ސްވިޑްން ބައްދަލު ކުރާނީ ގުރޫޕް ޑީ ގެ ދެ ވަނަ ޓީމް އޮސްޓްރޭލިޔާ އާ އެވެ. އަދި މާދަމާ ރޭ ރާއްޖޭ ގަޑިން ރޭގަނޑު 8:30 ގައި ގުރޫޕް ޑީގެ އެއްވަނަ ބްރެޒިލް ނިކުންނާނީ ގުރޫޕް ސީ ގެ ދެވަނަ ޓީމް އެމެރިކާ އާދެކޮޅަށެވެ.
ކުއާޓާ ފައިނަލް މެޗް ޝެޑިއުލް
ބައްދަލުކުރާ ދެޓީމް ތަން ގަޑި ތާރީޚް މެޗު
ޖަޕާން ޖާމަނީ ވުލްފްސްބާގް 23:45 09/07/2011 25
ފްރާންސް އިންގްލެންޑް ލެވެކޫސަން 21:00 09/07/2011 26
އޮސްޓްރޭލިޔާ ސްވިޑްން އޯސްބާގް 16:00 10/07/2011 27
އެމެރިކާ ބްރެޒިލް ޑްރެސްޑެން 20:30 10/07/2011 28