މިދިޔަ އަހަރުގެ މެދު ތެރޭގައި ސޯޝަލް މީޑިއާ އާ ގުޅުނު ބަތަލާ ކެޓްރީނާ ކައިފް އިންސްޓަގްރާމް އާ ގުޅިއްޖެ އެވެ.

އެއްވެސް ވަރަކަށް ސޯޝަލް މީޑިއާ ގައި ކުރިން އުޅެފައި ނުވި ނަމަވެސް، ސޯޝަލް މީޑިއާގެ ބާރު ވިސްނި ކެޓްރީނާ ވަނީ އޭނާގެ 33 ވަނަ އުފަންދުވަހު ފޭސްބުކް ބޭނުން ކުރަން ފަށައިފައެވެ.

ފޭސްބުކްގައި ވަރަށް ހަރަކާތްތެރިކޮށް އުޅޭ ކެޓްރީނާ މިވަނީ އިއްޔެ އިންސްޓަގްރާމް އާވެސް ގުޅިފައެވެ. އިންސްޓަގްރާމް ގައި އޭނާ ފުރަތަމަ ޕޯސްޓު ކުރި ފޮޓޯ އާއެކު ލިޔެފައި ވަނީ އެއީ އާ ފެށުމެއް ކަމަށެވެ.

ކެޓްރީނާ މިހާތަނަށް އިންސްޓަގްރާމް ކޮށްފައި ވަނީ އެންމެ ފޮޓޯ އެކެވެ. ނަމަވެސް އޭނާ ފޮލޯކޮށްފައިވާ މީހުންގެ އަދަދު 818،000 އަށް ވުރެ ގިނައެވެ.

އެންމެ ކުރިން ކެޓްރީނާއަށް އިންސްޓަގްރާމް އަށް މަރުހަބާ ކީ ތަރިންގެ ތެރޭގައި ސަލްމާން ޚާން ހިމެނެ އެވެ. ސަލްމާން އާއި ކެޓްރީނާ މިހާރު އަންނަނީ 'ޓައިގާ ޒިންދާ ހޭ'ގެ މަސައްކަތް ކުރަމުންނެވެ.

ދެމީހުން އެކުގައި ނަގާފައިވާ ފޮޓޯ އަކާ އެކު ސަލްމާން ވަނީ ހުިރހާ އެންމެން ވެސް ކެޓްރީނާ އަށް މަރުހަބާ ކިޔުމަށް އެދިފައެވެ.

ކެޓްރީނާގެ އޮފިޝަލް އިންސްޓަގްރާމް ހޭންޑްލް އަކީ katrinakaif@ އެވެ.