08 Jul 2011, 23:59
މިދިޔަ މަހުގެ 5 ވަނަ ދުވަހު މ. ނޭރޭނާ ގޭގެ ޓެރަސްގައި މަސް ފިހަން އުޅެނިކޮށް ހިނގި އަލިފާނުގެ ހާދިސާގައި ވަރަށް ބޮޑަށް ފިހުނު އަންހެން މީހަކަށް ފަރުވާދެމުން ދަނިކޮށް މިއަދު މަރުވެއްޖެ އެވެ.
ސުވިޓްޒަލޭންޑްގައި ފަރުވާދެމުން ދަނިކޮށް މަރުވެފައިވަނީ އެ ހާދިސާގައި ފިހުނު ދެ އަންހެނުންގެ ތެރެއިން ބޮޑަށް އަނިިޔާވި، ސަލާމް ސްކޫލްގެ ފައުންޑާ މެމްބަރު އައިމިނަތު އާރިފް )އައިންތު( އެވެ. އޭނާގެ ހަށިގަނޑުގެ 65 ޕަސަންޓް ފިހިފައިވެ އެވެ.
މި ހާދިސާގައި ފިހުނު އިންޑިއާ ފިރިހެނަކުވެސް ވަނީ ފަރުވާދެމުން ދަނިކޮށް މިދިޔަ މަހުގެ 17 ވަނަ ދުވަހު މަރުވެފަ އެވެ. އޭނާގެ ހަށިގަނޑުގެ 90 ޕަސަންޓް ފިހިފައިވެ އެވެ.
އެމްއެންޑީއެފުން ބުނެފައިވާ ގޮތުގައި އެ ހާދިސާ ހިނގީ ބާބެކިއު ހަދަންވެގެން ގްރިލް މެޝިނަށް ޑީސަލް އަޅައިފަ ރޯކުރަނިކޮށް ހުޅުގަނޑު ފަޅައިގެން ދިޔުމުންނެވެ.