ބޭންކް އޮފް މޯލްޑިވްސްއަށް މިއަހަރުރގެ ފުރަތަމަ ކުއާޓަރުގައި 260 މިލިޔަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މިއަދު ނެރުނު އެ ބޭންކުގެ ފުރަތަމަ ކުއާޓަރުގެ މާލީ ރިޕޯޓު ދައްކާ ގޮތުގައި، އެ ބޭންކަށް ލިބިފައިވަނީ 259.9 މިލިޔަން ރުފިޔާއެވެ. މިއީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާ އަޅާކިޔާ އިރު 23 ޕަސަންޓުގެ ކުރިއެރުމެކެވެ.

ބޭންކުން ބުނި ގޮތުގައި، ބޭންކުގެ ހުރިހާ ދާއިރާއަކުންވެސް ރަނގަޅު ފައިދާތަކެއް ލިބިފައިވާ އިރު، ބޭންކުން ލޯނު ދޫކުރި މިންވަރުވެސް ވަނީ އިތުރުވެފައެވެ.

ފުރަތަމަ ކުއާޓަރުގައި ބޭންކަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 540 މިލިޔަން ރުފިޔާއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓާރުގައި ބޭންކް އޮފް މޯލޤޑިވްސްއިން ވަނީ ހއ. ހޯރަފުށި، އިހަވަންދޫ އަދި ލ. ގަމުގައި އެ ބޭންކުގެ ބްރާންޗުތަކެއް ހުޅުވާފައެވެ. އަދި މި ތިން ރަށުގެ އިތުރުން ފުވައްމުލަކާއި، ލ. ފޮނަދޫ އަދި އައްޑޫ ސިޓީގެ ގަމާއި ހިތަދޫގައި ވަނީ ސެލްފް ސާވިސް ބޭންކިންގް ފެސިލިޓީސްތަކެއްވެސް ގާއިމުކޮށްފައެވެ.