27 Apr 2017, 11:49
ތިއޭޓަރ މިރާޖް އާއި އޯކޭޒް އިންކް ގުޅިގެން އުފައްދާފައިވާ ފިލްމު "އިލް ނޮއިސް" ބަލާލަން އިންތިޒާރުގައި ތިބި މީހުންގެ އިންތިޒާރަށް މިރޭ ނިމުމެއް އަންނާނެއެވެ. މިރޭ އަށެއް ޖަހާއިރު ޝްވެކް ސިނަމާގައި ފިލްމު ރިލީޒް ކުރާނެއެވެ.
އެޑްވާޑް ބެނެވިކް ނަމަކަށް ކިޔާ މީހަކަށް ޖެހިފައިވާ ގޮތް ނޭނގޭ ބައްޔެއް ރަނގަޅު ކުރުމަށް ކުރާ މަސައްކަތްތަކެއް ދައްކުވައިދޭ އެ ފިލްމަކީ ދެހާސް ބާރަ ވަނަ އަހަރު ހަމަ އެނަމުގައި ގެނެސްދީފައިވާ ތިއޭޓާ ޕްލޭ އެެކެވެ. އެއީ ސައިކޮލޮޖިކަލް ތްރިލާ އެކެވެ. ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ މުހައްމަދު މުންތަސިރް (މުންކޮ) އެވެ. ދެން އެ ފިލްމުން ފެނިގެންދާނީ އަހުމަދު އަލަމް އަދި ޝަމްއަތު އިބްރާހީމް އެވެ.
"އިލް ނޮއިސް" ގެ ޓްރެއިލާ އެއް---
މިރޭ ޝްވެކްގައި ފިލްމު ރަސްމީކޮށް ރިލީޒްކުރުމަށްފަހު އަންނަ ހަފްތާގެ ބުރާސްފަތި ދުވަހާ ހަމައަށް އެ ފިލްމު އަޅުވާނެއެވެ. އިތުރު ޝޯތައް އެޅުވުމާމެދު އަދި ވަކި ގޮތެއް ނުނިންމައެވެ.
އިސްމާއިލް ނިހާދު ޑައިރެކްޓްކޮށްފައިވާ މި ފިލްމުގެ ސްކްރީން ޕްލޭ ލިޔެފައިވަނީ އަހުމަދު މައުރޫފް ޖަމީލެވެެ. އެއީ މުންކޮގެ ފުރަތަމަ ފީޗާ ފިލްމެވެ.
ބޮޑުބައި އިނގިރޭސި ބަހުން ގެެނެސްދޭ މި ފިލްމު މި ފިލްމް މާލޭގައި ޕްރިމިއާ ކުރުމަށް ފަހު އަވަށްޓެރި ސްރީ ލަންކާ، ބަންގްލަދޭޝް، ބޫޓާން އަދި ނޭޕާލް ގައި އަޅުވަން ވަނީ ނިންމާފައެވެ.