27 Apr 2017, 10:57
ދުބާއީ އިން ރާއްޖެ އެތެރެކުރަން މަސައްކަތްކުރި ބައި ކިލޯއަށް ވުރެ ގިނަ ހެރޮއިން އަތުލައިގަތްފި އެވެ.
ކަސްޓަމްސް އިން މިއަދު ބުނި ގޮތުގައި، އެތަކެތި އަތުލައިގެންފައި ވަނީ މިމަހުގެ 19 ވަނަ ދުވަހު ދުބާއީ އިން ރާއްޖެ އައި 25 އަހަރުގެ ދިވެއްސެއްގެ އަތުންނެވެ.
އެ މީހާގެ އަތުން މަސްތުވާތަކެތި ފެނިފައި ވަނީ އޭނާގެ އަމަލުތައް ހުރިގޮތުން ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނައުމަށް ފަހު، އިތުރަށް ސުވާލުކޮށް ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާ ލަގެޖުގެ ތެރޭގައި ފޮރުވާފައި ހުއްޓައި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
އެގޮތުން، ލަގެޖު ތެރެއިން ދެ ޕެކެޓް ހެރޮއިން ފެނިފައިވާ އިރު އެ ތަކެތީގެ ބަރުދަނުގައި 578 ގުރާމް ހުރި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
މަސްތުވާތަކެއްޗާ އެކު ކަސްޓަމްސް އިން އަތުލައިގަތް އެ މީހާ މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.