27 Apr 2017, 08:38
މާލެ އިން ފުރައިގެން ރ. އަތޮޅު އާރަށަށް ދަތުރުކުރަމުން ދިޔަ "ޕްރިންސެސް" ދޯނި އަޑިއަށް ގޮސްގެން ދެ ބިދޭސީއަކު މަރުވެއްޖެ އެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މިއަދު ސަން އަށް ވިދާޅުވީ އެހޮސްޕިޓަލަށް ގެނައީ އަށް މީހުން ކަމަށާއި އޭގެ ތެރެއިން ދެ ބިދޭސީން ވަނީ ނިޔާވެފައި ކަމަށެވެ.
ދެން ފަރުވާދެމުން އަންނަނީ ހަތަރު ބިދޭސީންނާއި ދެ ދިވެހިންނަށް ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށް ވިދާޅުވި އެވެ.
އެމްއެންޑީއެފްއިން ބުނީ މާލެ އިން ފުރައިގެން ރ. އަތޮޅު އާރަށަށް ދަތުރުކުރަމުން ދިޔަ "ޕްރިންސެސް" ދޯނި ކ. ހިންމިޔަ ކައިރިއަށް ރޭ ފަތިހު އަޑިއަށް ގޮސްފައި ވަނީ 2000 ބަސްތާ ސިމެންތި ބަރުކޮށްގެން ދަތުރުުކުރަމުން ދަނިކޮށެވެ. މި ދޯނި އަޑިއަށްދިޔައިރު ދޯނީގައި 11 ފަޅުވެރިން ތިއްބެވެ. އޭގެތެރޭގައި ދެ ދިވެހިންނާއި ނުވަ ބިދޭސީން ހިމެނެ އެވެ.
މި ދޯނިން ދަތުރުކުރި ހުރިހާ ފަޅުވެރިން އެމްއެންޑީއެފް ކޯސްޓްގާޑްގެފާސްޓްއިންޓަރސެޕްޓަރ ކްރާފްޓް "ހަކުރާ" އާއި ކޯސްޓްގާޑް ހާރބާރ ކްރާފްޓްގައި މިހާރު ވަނީ މާލެ ގެނެސްފަ އެވެ.