10:00


އާއިލާތަކުގެ މައްސަލައިގައި އެންމެ ގިނައިން ހުށަހަޅާ މައްސަލައަކީ ހަޟާނާތުގެ ނުވަތަ ދަރިންނަށް ޚަރަދު ނުދިނުމުގެ މައްސަލަ ކަމަށް ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސަސްއިން ބުނެފި އެވެ.


އެޑިޕާޓުމަންޓުން ބުނީ ފާއިތުވި އަހަރެއްގެ ތެރޭގައި ވެސް ހަޟާނަތުގެ މައްސަލަތަކުގެ 40 އަށް ވުރެ ގިނަމައްސަލަ އެޑިޕާޓްމަންޓަށާއި އަތޮޅުތެރޭގައި ހުންނަ ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސްތަކަށް ހުށަހެޅިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާ ކަމަށެވެ.


ބައިނަލްއަޤްވާމީ ޢާއިލާތަކުގެ ދުވަސް މިއަދު ފާހަގަކުރާއިރު ރާއްޖޭގައި އެންމެގިނައިން ޢާއިލާތަކުގައިޖެހޭ މައްސަލަތަކުގެ ތެރޭގައި މައިންބަފައިން ވަކިވުމުން ދިމާވާ މައްސަލައާއި، ޢާއިލާއެއް ރޫޅުމުން ދަރިންގެ ޚަރަދު ދިނުމުގައިޖެހޭ މައްސަލައާއި، ބެލެނިވެރިންގެ މެދުގައިޖެހޭ މައްސަލަތަކުގެ ސަބަބުން ދިމާވާ މައްސަލަތައް ހިމެނޭ ކަމަށް އެޑިޕާޓު މަންޓުން ބުންޏެވެ. އަދި ޢާއިލީ މައްސަލަތަކުގެ ގޮތުގައި 150 އަށް ވުރެ ގިނަ މައްސަލަ މިދިޔަ އަހަރު ތެރޭ ވެސް ހުށަހަޅާފައިވާ ކަމަށާއި، އަދި އެފަދަ މައްސަލަތައް ޙައްލުކުރެއްވުމަށް ޖެންޑަރގެ ފަރާތުން ކައުންސެލިންގެ ޚިދުމަތް ދެއްވަމުންގެންދަވާކަމަށް ވެސް އެޑިޕާޓް މަންޓުން ބުންޏެވެ.


މިއަހަރުގެ ޢާއިލާތަކާބެހޭ ދުވަހާއި ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު ކުޑަކުދިންގެ ބަގީޗާގައި، ޢާއިލީ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.