ނަވާރަ ވަނަ އިންޓަސްކޫލު ބާސްކެޓްބޯޅަ މުބާރަތުގެ 16 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން އިމާދުއްދީން ސްކޫލުން ހޯދައިފި އެވެ.

ރޭ ޒުވާނުން މަރުކަޒުގެ އެތެރޭ ކޯޓުގައި ކުރިއަށް ދިޔަ 16 އަހަރުން ދަށުގެ ފައިނަލް މެޗުގައި ވާދަކުރީ އަމީނިއްޔާސްކޫލާއި އިމާދުއްދީން ސްކޫލެވެ. އިމާދުއްދީން ސްކޫލުން އަމީނިއްޔާ ބަލިކުރީ 34-41 ގެ ނަތީޖާއަކުންނެވެ.

އެ މުބާރަތުގެ 12 އަހަރުން ދަށުގެ އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުންނެވެ. ފައިނަލުމެޗުގައި ގިޔާސުއްދީން ސްކޫލާއި އިސްކަންދަރު ސްކޫލް ވާދަ ކުރިއިރު ގިޔާސުއްދީނުން ޗެމްޕިއަންކަން ހޯދީ 20-28 އިސްކަންދަރު ސްކޫލު ބަލިކޮށްގެންނެވެ.

ރޭ ކުރިއަށްދިޔަ އިތުރު އުމުރުފުރާތަކުގެ ފައިނަލް މެޗުތަކަށް ބަލާއިރު 14 އަހަރުން ދަށުގެ ފައިނަލުގައި ވާދަކޮށްފައި ވަނީ ކަލާފާނު ސްކޫލާއި އިމާދުއްދީން ސްކޫލެވެ. ފޯރިގަދަ ކުޅުމަކަށްފަހު މި ބައިގެ ޗެމްޕިއަންކަން ހޯދީ އިމާދުއްދީން ސްކޫލުންނެވެ. އެޓިމުން ޗެމްޕިއަންކަން ހޯދީ ކަލާފާނު 28-23 އިން ބަލިކޮށްގެންނެވެ.