26 Apr 2017, 14:58
އދ. ފެންފުށީގައި ނަރުދަމާ ގާއިމުކުރުމަށް 2.27 މިލިއަން ޑޮލަރަށް (35 މިލިއަން ރުފިޔާ) އަށް ބޭރުގެ ބަޔަކާ ހަވާލުކޮށްފި އެވެ.
ސްޓެލްކޯގެ ކޯޕަރޭޓިވް ހެޑް އަބްދުﷲ ނަޒީރު މިއަދު ސަން އަށް ވިދާޅުވީ ފެންފުށީ ސްކޫލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަސައްކަތް ހަވާލުކުރީ އިންޑިއާގެ ލަކީ އެކްސްޕޯޓްސް އެންޑް އެސޯސިއޭޓްސް އާ ކަމަށެވެ. އަދި އެ ކުންފުނިން އެ މަސައްކަތް އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފެންފުށީ ސްކޫލްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ސްޓެލްކޯގެ ފަރާތުން އެެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިންޑިރެކްޓަރު އަބްދުއްޝަކޫރެވެ. އަދި ލަކީ އެކްސްޕޯޓްސް އެންޑް އެސޯސިއޭޓްސްގެ ފަރާތުން އެ ކުންފުނީގެ ޑިރެކްޓަރު ވިނޭ ސިން އެވެ.
މާލެ އާއި މާލޭ ކައިރީ ރަށްތަކުގެ ފެނާއި ނަރުދަމާގެ މަސައްކަތަކީ ސްޓެލްކޯ އިން ބަލަހައްޓާ މަސައްކަތެއް ކަމަށް ސްޓެލްކޯ އިން ބުންޏެވެ. އަދި އެ އެ މަޝްރޫއަކީ ވެސް އެގޮތުގެ މަތީން ސްޓެލްކޯ އިން ފައިނޭންސްކޮށްގެން ހިންގާ މަޝްރޫއުއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ނަޒީރު ވިދާޅުވީ ލަކީ އެކްސްޕޯޓްސް އެންޑް އެސޯސިއޭޓްސް އަކީ އެފަދަ މަސައްކަތް ކުރުމުގެ ވަރަށް ގާބިލު ކުންފުންޏެއް ކަމަށެވެ.