މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެއްޗެހިތަކެއް އަޅާފައިހުރި 30 ރަބަރު ޕެކެޓާއިއެކު ފުލުހުން ރޭ ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ހ. ފިލްމީސައިޓް، އަހްމަދު ފަޒީލް26، އާއި ހ. ރޭލައިޓްވިލާ، މައުމޫން ހުސެއިން25، ހައްޔަރު ކުރީ ރޭ ދަންވަރު 2:00 ޖަހާ އެހާކަންހާއިރު އެވެ. ފުލުުން ބުނީ މި ދެ މީހުން ހައްޔަރު ކުރީ މާލެތެރެ ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް މި ދެ މީހުންގެ އަމަލުތައް ހުރިގޮތުން ޝައްކުވުމުން ކަމަށެވެ. ހައްޔަރު ކުރީ ފަޒީލް އުޅޭ ގެ، ފިލްމީ ސައިޓްގެ ކުރިމަތިންނެވެ.

ފުލުހުން ބުނީ އެ ދެމީހުން އަތުން މަސްތުވާތަކެތި ކަމަށް ތުހުމަތުވި ޕެކެޓްތައް ފެނުނީ ހައްޔަރުކޮށް ބަލައި ފާސް ކުރި އިރު އެމީހުން އެވަގުތު ތިބި ތަނުން ކަމަށެވެ. އަދި ބުނީ މި ދެ މީހުންނަކީ ވެސް މަސްތުވާތަކެތީގެ ރެކޯޑް އޮންނަ އަދި ތަކުރާރުކޮށް ހައްޔަރު ކުރަން ޖެހޭ ދެމީހުން ކަމަށެވެ.