ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ފުލުސް އޮފީހަށް މިއަދު ހާޒިރުކޮށްފި އެވެ.

ފާރިސް ފުލުހަށް ހާޒިރުވާން އޭނާ އަށް ފޮނުވާފައިވާ ޗިޓްގައި ވަނީ މިއަދު ހެނދުނު 10:00 އަށް ފުލުހަށް ހާޒިރުވުމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ބަލަމުންދާ މައްސަލައަކާ ގުޅިގެން ފާރިސް ފުލުހަށް ހާޒިރުކޮށްފައިވާ ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

މިއަދު ފާރިސް ފުލުހަށް ހާޒިރުކޮށްފައިވާ އިރު އޭނާ ވަނީ މީގެ ކުރިން ވެސް އެކި ފަހަރުމަތިން ފުލުހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ.

އޭގެ އިތުރުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ފާރިސް ހާޒިރުކޮށް މީގެކުރިން އޭނާއާ ސުވާލުކޮށްފައިވެ އެވެ.