ތިންވަނަ މައިލޯ އިންޓަރސްކޫލް ހޭންޑްބޯޅަ މުބާރާތް، މާފަންނު ސްޓޭޑިއަމްގެ ވެލިދަނޑުގައި މިއަދު ހަވީރު ފަށައިފިއެވެ.

މާލެއާއި އަތޮޅުތެރޭގެ ސްކޫލްތައް ހިމެނޭގޮތަށް ޖުމު 14 ސްކޫލަކުން 65 ޓީމު ވާދަކުރާ މި މުބާރާތުގެ ފުރަތަމަ ދުވަހު 14 މެޗު ކުޅެފައި ވެއެވެ. އެގޮތުން މިއަދު ހަވީރު މާލޭ ޓެނިސްކޯޓު (މޭރީބްރައުން)ގެ ފަހަތުގައި، އޮންނަ ވެލިދަނޑުގައި ހަތަރު ކޯޓެއްގައި، ހަވީރު 4:00 އިން ފެށިގެން ރޭގަނޑު 10:30އަށް ޖުމުލަ 18 މެޗު ކުޅެފައި ވެއެވެ.

ތިން ވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 12 އަހަރުން ދަށް އަންހެން ބައިގައި އަމީިނިއްޔާ ސްކޫލާއި ޣާޒީ ސްކޫލް ކުޅުނު މެޗުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

އޭގެ ތެރޭގައި މުބާރާތުގައި މިފަހަރު ބައިވެރިވާ ދެ ޖިންސުގެ ހުރިހާ އުމުރުފުރައަކުންވެސް މެޗުތައް ކުރިއަށް ގެންގޮސްފައި ވެއެވެ.

ތިން ވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 14 އަހަރުން ދަށް އަންހެން ބައިގައި ހިރިޔާ ސްކޫލާއި ޣާޒީ ސްކޫލް ކުޅުނު މެޗުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ފުރަތަމަ ދުވަހުގެ މެޗުތަކާއި ނަތީޖާތައް:

  1. 12 އަހަރުން ދަށް ފިރިހެން: ކަލާފާނު 1-1 މުހުޔުއްދީން
  2. 12 އަހަރުން ދަށް އަންހެން: އިސްކަންދަރު 0-2ދަރުމަވަންތަ
  3. 16 އަހަރުން ދަށް އަންހެން:އަމީނިއްޔާ5-0 މުހްޔުއްދީން
  4. 14 އަހަރުން ދަށް ފިރިހެން:ޣާޒީ ސްކޫލް9-3 ހިރިޔާ
  5. 12 އަހަރުން ދަށް ފިރިހެން:ޣިޔާސުއްދީން3-1 އިސްކަންދަރު
  6. 12 އަހަރުން ދަށް އަންހެން:މަޖީދިއްޔާ8-0 އަރަބިއްޔާ
  7. 14 އަހަރުން ދަށް ފިރިހެން:ދަރުމަވަންތަ5-4 ރެހެންދި
  8. 12 އަހަރުން ދަށް ފިރިހެން: މަޖީދިއްޔާ 2-3އަމީނިއްޔާ
  9. 12 އަހަރުން ދަށް އަންހެން:ޣިޔާސުއްދީން7-0 މުހްޔުއްދީން
  10. 16 އަހަރުން ދަށް އަންހެން:މާފުށި ސްކޫލް8-2 ޣާޒީ ސްކޫލް
  11. 14 އަހަރުން ދަށް އަންހެން: ޖަމާލުއްދީން 2-6ދަރުމަވަންތަ
  12. 12 އަހަރުން ދަށް އަންހެން:ޖަމާލުއްދީން9-1 އަރަބިއްޔާ
  13. 12 އަހަރުން ދަށް އަންހެން:ޣާޒީ ސްކޫލް9-3 އަމީނިއްޔާ
  14. 14 އަހަރުން ދަށް އަންހެން: އަމީނިއްޔާ 3-3 މަޖީދިއްޔާ
  15. 16 އަހަރުން ދަށް ފިރިހެން: މަޖީދިއްޔާ 10-13މުހްޔުއްދީން
  16. 14 އަހަރުން ދަށް އަންހެން: އަރަބިއްޔާ 2-6ތާޖުއްދީން
  17. 16 އަހަރުން ދަށް ފިރިހެން: ޖަމާލުއްދީން 5-7އިސްކަންދަރު
  18. 14 އަހަރުން ދަށް ފިރިހެން: އަމީނިއްޔާ 4-4 ކަލާފާނު

ތިން ވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 12 އަހަރުން ދަށް ފިރިހެން ބައިގައި އަމީިނިއްޔާ ސްކޫލާއި މަޖީދިއްޔާ ސްކޫލް ކުޅުނު މެޗުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ޖުމުލަ 910 ދަރިވަރުންނާއެކު ކުރިއަށް ގެންދާ މި މުބާރާތަކީ، ސްކޫލްތަކުގެ މެދުގައި ބޭއްވޭ ކުޅިވަރުގެ އެންމެ ބޮޑު އެއް މުބާރާތެވެ. މި މުބާރާތުގެ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މޭ މަހުގެ ތިންވަނަ ދުވަހުއެވެ.

ތިން ވަނަ އިންޓަރ ސްކޫލް ހޭންޑްބޯޅަ މުބާރާތުގެ 14 އަހަރުން ދަށް ފިރިހެން ބައިގައި ދަރުމަވަންތަ ސްކޫލާއި ޖަމާލުއްދީން ކުޅުނު މެޗުގެ ތެރޭން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ