22 Apr 2017, 19:22
ޕާކިސްތާނުގެ ފޮރިން އެފެއާޒް މިނިސްޓަރުގެ ދައުވަތަކަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް މާދަމާ ޕާކިސްތާނަށް ވަޑައިގަންނަވަން ނިންމައިފި އެވެ.
މާދަމާއިން ފެށިގެން ތިން ދުވަހުގެ މުއްދަތަށް މިނިސްޓަރު އާސިމް ޕާކިސްތާނުގައި މަޑުކުރައްވާނެ ކަމަށް ޕާކިސްތާނުގެ ނޫހެއްގައި ވަނީ ބުނެފަ އެވެ.
މިނިސްޓަރު އާސިމްގެ އެ ދަތުރުފުޅުގައި ޕާކިސްތާނުގެ ޕްރައިމް މިނިސްޓަރު ނާވާޒު ޝަރީފާ ބައްދަލު ކުރައްވައި ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް އެ ނޫހުގައި ވަނީ ބުނެފަ އެވެ.
އެ ގޮތުން ހާއްސަކޮށް ދެ ގައުމުގެ ދެމެދުގައި މިހާރު އޮތް ހާރިޖީ ގުޅުން އިތުރަށް ވަރުގަދަ ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.