21 Apr 2017, 23:19
މޯލްޑިވިއަން އައިޑޮލް ސީޒަން ދޭއްގެ އެންމެ ފޯރިގަދަ ހިސާބަށް ގޮސްފައިވާއިރު، މިދިޔަ ހަފްތާ ދެއްކި އައިޑޮލްގެ ޝޯ ވެގެން ދިޔައީ އައިޑޮލްގެ ކުލަވަރު މުޅިން ބަދަލުކޮށްލި ޝޯ އަކަށެވެ. ގަދަ ހަ ބައިވެރިންނާ އެކު މިދިތި ހަފްތާގެ ހުކުރު ދުވަހު ރޭ ބޭއްވި ޝޯގައި ބައިވެރިން ދެއްކި ހުށަހެޅުން ތަކަށް ހިތްހަމަ ނުޖެހި، ރުޅިގަދަވެގެން އައިޑޮލްގެ އެއް ޖަޖު އިސްމާއިލް އައްފާން ޝޯ ދޫކޮށް ދިޔައީއެވެ.
އެއަށްފަހު ޖެހިގެން އައި ރޭ ޝޯ ފެށުނު އިރު ބެލުންތެރިން ތިބީ އައްފާން ޝޯއަށް އަންނާނެތޯ ނުވަތަ ނޫންތޯ ބަލާލަން ކެތްމަދުވެފަ އެވެ. އެއްބަޔަކު ސުވާލު ކުރަމުން ދިޔައީ އައްފާން އެއްކޮށް ޝޯ ދޫކޮށްލީ ބާވައެވެ. ކޮންމެ އަކަސް މިދިޔަ ހަފްތާ ބޭއްވި އެލިމިނޭޝަން ނައިޓްގެ ޖަޖުންގެ ޕެނެލްގައި އައްފާން ނުހިމެނެއެވެ. އައްފާން ބަދަލުގައި ޖަޖުންގެ ޕެނެލްގައި އިނީ ކުރީގެ ސީޒަންގެ ޖަޖެއްގެ ގޮތުގައި ހިމެނުން އަހްމަދު އިބްރާހީމް (އައްމަޑޭ) އެވެ.
އަންމަޑޭގެ ފޭނުންނަށް އޭނާ ފެނުން ވެގެންް ދިޔައީ އުފާވެރި ހަބަރަކަށެވެ. ނަމަވެސް އައްފާންގެ ފޭނުން ތިބީ ހައިރާން ކަމެއްގެ ތެރޭގައެވެ. އައްފާންގެ ބަހެއް ނީވި އައްމަޑޭ ޖަޖުންގެ ޕެނަލަށް އައީމައެވެ. އައްފާން އެއްކޮށް ޝޯ ދޫކޮށްލީ ކަމަށް ހީކޮށެވެ. ކޮންމެ އަކަށް އެރޭ އައްފާންގެ ގޮނޑި ފަޅުފިލުވަދިނީ އައްމަޑޭ އެވެ. ދެން ބެލުންތެރިންގެ ސުވާލަކަށްވީ އައްމަޑޭ ޖަޖުންގެ ޕެނަލަށް އެއްކޮށް ގުޅުނީ ބާވައެވެ.
ގަދަ ފަހަކާއެކު މިރޭގެ ޝޯ ފެށިގެން ދިޔައީ އުފާވެރި ހަބަރަކުންނެވެ. މިރޭ އަނެއްކާވެސް އައްފާން ޝޯ އަށް ގުޅުނީއެވެ. ކޮންމެ އަކަށް ސުވާލުތަކުން ފުރިގެންވާ މީހުންނަށް އައްފާން ޖަވާބު ދީފިއެވެ.
"އެރޭ ޝޯ ދޫކޮށް ދިޔައީ އެއްވެސް ޖަޖަކާ ދޭތެރޭ ހިތްހަމަ ނުޖެހިގެންނެއް ނޫން. މިކުދިންގެ ހުށަހެޅުންތަކާ މެދު ހިތްގަމަ ނުޖެހިގެން،" ސްޓޭޖް މަތީ ހުރެ އައްްފާން ބުންޏެވެ.
އައްފާން އެއްކޮށް ދިޔައީ އެއް ނޫނެވެ. އެހެރީ އަނެއްކާވެސް ޖަޖެއްގެ ގޮތުގައި އައިހެވެ. މިރޭ ކުރިޔަށްދާ ގަދަ ފަހެއްގެ ހުށަހެޅުންތައް ނަގާފައި ވަނީ އައްފާންއެވެ. ގަދަ ފަސް ބައިވެރިން މިރޭ ހުށަހަޅައިދެނީ އައްފާންގެ ޗޮއިސްތަކެވެ. އެހެންވީމަ މިދިޔަ ހަފްތާގެ ޝޯ އެލިމިނޭޝަން އަށް އައްމަޑޭ އެއައީ ގެސްޓް ޖަޖެއްގެ ގޮތުގައިތާއެވެ؟