އަންނަ އާދީއްތަ ދުވަހުގެ ރޭ އިންޑިއާގެ ޤައުމީ ޓީމާ ދެކޮޅަށް ދިވެހި ޓީމް ކުޅޭ ރަހުމަތްތެރި ކަމުގެ މެޗަށް ނެގި ސްކޮޑުން ވިކްޓަރީގެ މުހައްމަދު ޝިފާން )ކުޑައްޓޭ( އާއި ނިއުގެ އިބްރާޙިމް ޝިހާމް )ކުޑަތޮއްޑޫ( ބާކީ ކޮށް ބަދަލުގައި ނިއުގެ ޑިފެންޑަރު އަހުމަދު އަބްދުﷲ )ލިލީ( އާއި ވީބީގެ ފޯވާޑް އާދަމް ލަރީފް )ރޮނާ( ސްކޮޑްގައި ހިމަނައިފި އެވެ.

ޤައިމީ ޓީމްގެ މެނޭޖަރުކަމާ އިއްޔެ އަލަށް ހަވާލުވެ ވަޑައިގެންނެވި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދު )ބަލަކް( ވިދާޅުވީ، ދެ ކުޅުން ތެރިން ބާކީ ކުރީ އަނިޔާގެ މައްސަލަތައް އުޅޭތީ ރިކަވާވުމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
ބަލަކް އަދި ވިދާޅު، ސްކޮޑުން ބާކީ ކުރި ދެޅުންތެރިންގެ ބަދަލުގައި އަލަށް ސްކޮޑަށް ނެގި ދެ ކުޅުންތެރިން މިއަދު ހަވީރު އޮންނަ ފަރިތަކުންތަކުގައި ބައިވެރި ވާނެ ކަމަށެވެ.

ރާއްޖެއާއި އިންޑިއާ ކުޅުމަށް ހަމަޖެހިފައިވާ މެޗް އަންނަ އާދިއްތަ ދުވަހުގެ ރޭ 8:45 ގައި ގަލޮޅު ދަނޑުގައި ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.