20 Apr 2017, 14:03
މިދިިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ، ވެސްޓަން ޔޫނިއަން މަނީ ޓްރާންސްފާއިން ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޭރުނު މައްސަލާގައި އިތުރު މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި އެވެ.
އެ މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައި ފ. މަގޫދޫ، ވައިޓްރޯސް އާދަމް ޝާހީންގެ މައްޗަށެެވެ.
އެ މައްސަލައިގެ އަޑުއެހުމެއް މިއަދުގެ 13:30 އަށް ކުރިމިނަލް ކޯޓުގައި ތާވަލް ކޮށްފައިވީ ނަމަވެސް، އެ މައްސަލައިގެ އަޑުއެހުން ވަނީ ސިއްރުކޮށްފަ އެވެ.
ވެސްޓާން ޔޫނިއަންގެ ފޭރުމުގެ މައްސަލާގައި މީގެ ކުރިން ވަނީ، ފ. މަގޫދޫ، ދިއްގަރު، މުހައްމަދު ފައިރޫޒު އާއި ގއ. ކޮނޑޭ ސީނުގޭ އަލީ ޝަނީޒުގެ މައްޗަށްވެސް ަ އެވެ. އެ މީހުންގެ ޝަރީއަތްވެސް ވަނީ ސިއްރުކޮށްފަ އެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހުގެ ރޭ 12:45 އެހާކަންހާއިރު މޫނުނިވާކޮށްގެން ތިބި ބަޔަކު ވެސްޓަން ޔޫނިއަން މަނީ ޓްރާންސްފާ އޮފީސް ތެރެއަށްވަދެ އެތަނުގައި ތިބި މީހުންނަށް ވަޅިން ބިރުދެއްކުމަށް ފަހު ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ ފޭރިގެންފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ސަންއާ ވާހަކަ ދައްކަމުން ހާދިސާ ހިނގި ސަރަހައްދުގައި ތިބި ބައެއް މީހުން އޭރު ބުނީ މޫނުނިވާކޮށްގެން ތިބި މީހުން ވެސްޓަން ޔޫނިއަންގެ އޮފީހަށް ވަނީ ދިރާގުގެ މުވައްޒަފުންތަކަށް ހެދިގެން ކަމަށެވެ.
އެ ފައިސާ ފޭރިގެންފައި ވަނީ އެ އޮފީސް ތެރޭގައި ތިބި މުވައްޒަފުން ބަނުމަށް ފަހު ވަޅިން ބިރުދައްކައިގެންކަން މިހާތަނަށް ބެލި ބެލުމުން އެނގޭ ކަމަށް ފުލުހުން ބުންޏެވެ.
ވެސްޓާން ޔޫނިއަން މަނީ ޓްރާންސްފާ އޮފީސް ތެރޭގައި ތިބި ހަތަރު ބިދޭސީއަކު ބަނުމުގެ ގޮތުން އެމީހުންގެ ގައިގައި ކްލިޕް އަޅުވާފައިވާ ކަމަށް މަންޒަރު ފެނުނު މީހަކު ބުންޏެވެ.
ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވި މީހަކު ބުނީ ފައިސާތައް ފޭރިގަނެގެން އެމީހުން ބާރަށް ދުވެފައިގޮސް ވަނީ ހ. ތާޅަފިލިގެއަށް ކަމަށެވެ.
އެމީހުން ފޭރިގެން ގެންދިޔައީ ކިތައް ފައިސާ ދަބަސްކަން ނޭނގޭ ކަމަށާއި އެމީހުން ފޭރުނު ފައިސާގެ ދަބަހެއް ތަޅާފިލިގޭގެ ސިޑިގޮޅީގެ ތެރެއިން ފެނިފައިވާ ކަމަށް އޭނާ އޭރު ބުންޏެވެ.
ފައިސާ ހުރި ދަބަހުގެ އިތުރުން ސިޑި ގޮޅީގެ ތެރޭގައި ވެސް ގިނަ އަދަދެއްގެ ދިވެހި ރުފިޔާ ހުރި ކަމަށް އެ ސަރަހައްދުގައި ހުރި މީހަކު ބުންޏެވެ.
ހ. ތާޅަފިލި ގެއަކީ އެ މައްސަލާގައި ހައްޔަރުކުރި ޝަނީޒް ދިރިއުޅޭގެ ކަމަށް މަންޒަރު ދުށް މީހުން ވަނީ ބުނެފަ އެވެ.