ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިިޒަރަކަށް މަޝްހޫރި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ހަމަޖައްސައިފި އެވެ.

ރާއްޖެ ޓީވީގެ 60 މިނެޓް ޕްރޮގްރާމްގައި ރޭ ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ އޭނާ ރައީސް ނަޝީދުއާ އެކު މަސަތްކަތް ކުރައްވަމުން ގެންދަނީ ވަރަށް ތެދުވެރިކަމާ އެކު ކަމަށާއި މި ވެރިކަން ނިމުމަކަށް ގެނައުމުގެ ގާބިލްކަން އެމްޑީޕީއާ ރައީސް ނަޝީދުގެ ކިބައިގަ އެބަހުރި ކަމަށެވެ.

ރައީސް ނަޝީދުއާ އެކު ޖާބިރު(ވ) އެއްވުމެއްގައި ---

"ސިޔާސީ ފަރާތެއްގެ އެޑްވައިޒަރުގެ މަގާމަކީ ވަރަށް ސާފު މަގާމެއް. އެޑްވައިޒް ކުރާނީ ސިޔާސީ ކަންކަން ތަރުތީބުކުރުމަށް. ކުރިއަށް އޮތް 48 ގަޑިއިރުތެރޭ ރައީސް ޔާމިން މަގާމުން ދުރުކުރުމުގެ މަސަތްކަތް ފައްޓަވާނަން،" ސްރީ ލަންކާގައިި ހުންނަވައިގެން ފޯނު މެދުވެރިކޮށް ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ރައީސް ޔާމިނަކީ ވަރަށް ގާތް ބޭފުޅެއް ކަމަށާއި އެމަނިކުފާނަށް ދެރަގޮތެއް ވާން ބޭނުން ނުވާކަމަށެވެ. އަދި ރައީސް ޔާމިން މިހާރު ވެރިކަމުގައި ހުރުމުގެ ހައިސިއްޔަތު ގެއްލިފައިވާ ކަމަށާއި ގާނުނުއަރާ އެމަނިކުފާނާ ހަމަކުރާނެ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.

ނަޝީދުގެ އެޑްވައިޒަރަކަށް ޖާބިރު ހަމަޖެއްސުމާ ގުޅޭ ގޮތުން ނަޝީދާއި އެމްޑީޕީގެ ބަަހެއް އަދި ލިބޭ ގޮތް ނުވެފައެވެ.

ޖާބިރުގެ އިތުރުން އިނގިރޭސި ވިލާތަށް އަމިއްލަފުޅަށް އަރުވާލައްވައިގެން ހުންނެވި ރައީސް ނަޝީދާއި އެމްޑީޕީގެ ލީޑަޝިޕްގައި ހިމެނިވަޑައިގަންނަވާ އިސް ބައެއް ބޭފުޅުން ވެސް މިވަގުތު ތިއްބެވީ

ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރުކަން ވެސް ކުރައްވާފައިވާ ޖާބިރު އެ ގޮނޑި ކާމިޔާބް ކުރެއްވީ ޖުމްހޫރީ ޕާޓީގެ ޓިކެޓްގައެވެ. ނަމަވެސް ޖާބިރު ވަނީ އޭރު އޮތް އެމްޑީޕީ ސަރުކާރަށް ތާއިދުކޮށް އޭނާ ސިޔާސީ މައިދާނަށް ނުކުންނެވި އެމްޑީޕީއަށް ސޮއިކޮށްފަ އެވެ.

ނަމަވެސް އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ ޓިކެޓުގައި ކާށިދޫ ދާއިރާއަށް ކުރިމަތިލެއްވުމުން އޭނާ ވަނީ އިންތިހާބުގައި ނާކާމިޔާބީ އާއި ކުރިމަތިވެވަޑައިގެންފައެވެ. އަދި އޭގެ ފަހުން ޖާބިރު ވަނީ ރައީސް ޔާމިނަށް ތާއިދުކުރައްވާކަން އިއުލާންކުރައްވާފައެވެ.