20 Apr 2017, 11:12
ދިމިޝްގު (އޭޕްރިލް 20): ސީރިއާގެ ޚާން ޝައިހޫނަށް މިމަހުގެ ކުރީކޮޅު ދިން ކެމިކަލް ހަމަލާގައި ސެރިން ގޭސް ނުވަތަ އެފަދަ އެހެން ގޭހެއް ބޭނުންކޮށްފައިވާ ކަމަށް އޯގަނައިޒޭޝަން ފޯ ދި ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް (އޯޕީޑަބްލިއުސީ)އިން ބުނެފި އެވެ.
އޯޕީސީޑަބްލިއުގެ ވެރިޔާ އަހްމަދު އުޒުމްކޫ ވިދާޅުވި ގޮތުގައި އެ ޖަމްއިއްޔާއިން ވަނީ އެ ހަމަލާގެ ސަބަބުން މަރުވި 10 މީހެއްގެ ގައިން ނަގާފައިވާ ސާމްޕަލްތައް ޓެސްޓުކޮށްފަ އެވެ.
"އޯޕީސީޑަބްލިއުގެ ހަތަރު ލެބެއްގައި ކުރިއަށް ގެންދިޔަ ޓެސްޓުތަކުން ދައްކާ ގޮތުގައި ސެރިން ގޭސް ނުވަތަ ސެރިން ފަދަ މާއްދާއެއް އެމީހުންގެ ހަށިގަނޑަށް ވާސިލުވެފައިވޭ،" އުޒުމްކޫ ވިދާޅުވި އެވެ.
އުޒުމްކޫ ވިދާޅުވި ގޮތުގައި ޚާން ޝައިހޫންގެ ސަލާމަތީ ހާލަތު ތަންދޭ ނަމަ އެ ޖަމްއިއްޔާއިން އޮތީ އިތުރު ދިރާސާތައް ކުރުމަށް އެ އަވަށަށް މީހުން ފޮނުވަން ތައްޔާރަށެވެ. އަދި މިހާރުވެސް އެ ޓީމުން ދަނީ ހަމަލާއާ ގުޅުން ހުރި ފަރާތްތަކާ ސުވާލުކޮށް އިތުރު ސާމްޕަލްތައް ނަގަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
ސެރިން ގޭހަކީ 1993 ވަނަ އަހަރު އދ.ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ކެމިކަލް ވެޕަންސް ކޮންވެންޝަންގެ ދަށުން އުފެއްދުމާއި ގެންގުޅުން މަނާކޮށްފައިވާ ވިހަ މާއްދާއެކެވެ.
ސީރިއާ ސަރުކާރުން 2013 ވަނަ އަހަރު އެގައުމުގެ ދިމިޝްގަށް ކެމިކަލް ހަމަލާއެއް ދިނުމާ ގުޅިގެން، ސީރިއާ ސަރުކާރުން ވަނީ ކެމިކަލް ހަތިޔާރު ނައްތާލާނެ ކަމަށް ބުނެ އެމެރިކާ އާއި ރަޝިއާއާ އެކު އެއްބަސްވުމެއް ހަދާފަ އެވެ.
އަދި ސީރިއާ އަސްކަރިއްޔާއިން ވަނީ މިމަހުގެ ހަތަރު ވަނަ އަހަރު ކެމިކަލް ހަމަލާ ދިނީ ސަރުކާރުން ނޫން ކަމަށް ބުނެފަ އެވެ. ނަމަވެސް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެހަމަލާ ކުރެއްވި ކުރައްވައި، ސީރިއާ ސަރުކާރުގެ ވައިގެ މަރުކަޒަކަށް ހަމަލާއެއް ދެއްވާފަ އެވެ. (ބީބީސީ)