20 Apr 2017, 10:33
އިސްލާމީ މަރުކަޒު ބޭރު ފާރުގައި ހުތުރުބަހުން ލިޔުނު މައްސަލައެއް ފެންމަތިވެއްޖެ އެވެ.
ރޭގެ ވަގުތެއްގައި ކުރީގެ ދިރާގާއި ދިމާލަށް ހުންނަ އިސްލާމީ މަރުކަޒުގެ ފާރުގައި ސުޕްރޭކޮށް ވަރަށް ހުތުރު ބަހުން ލިޔެ އިންޒާރު ދީފަ އެވެ.
އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު އަހުސަން މިއަދު ސަން އަށް ވިދާޅުވީ އެލިޔުމުގައި ހުތުރުބަސް ބޭނުންކޮށް އިސްލާމިކް މިނިސްޓްރީއަށް ވެސް އިންޒާރު ދީފައިވާއިރު އެ މައްސަލަ ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.