20 Apr 2017, 00:36
ކޮންމެ ދިވެއްސަކީ ގްރެޖުއޭޓަކަށް ހެދުމުގެ މަގުސަދުގައި، މަތީ ތައުލީމަށް ފުރުސަތު ފަހިކޮއްދިނުމަށް ސައިރިކްސް ކޮލެޖުން މިއަދު އޭޝިއާގެ އެންމެ ބޮޑު އެއް އެކަޑަމިކް އިންސްޓިޓިއުޝަން ކަމަށްވާ،އޭޝިއާ އެކްސްޖޭންޖްއާއެކު އެއްބަސްވުމެއްގައި ސޮއިކޮއްފިއެވެ.
ކޮންމެ ދިވެެއްސަކީ ގްރެޖުއޭޓް އަކަށް ހެދުމުގެ އަމާޒުގައި ސައިރިކްސް ކޮލެޖުން އިންސްޓިޓިއުޝަންއަކާ އެކު ސޮއިިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ފަޔާޒު މޫސާ
އޭޝިއާ އެކްސްޖޭންޖް އަކީ ޖަޕާން، ޗައިނާ، ދެކުނު ކޮރެއާ، ތައިލޭންޑް، އިންޑޮނޭޝިޔާ އަދި މެލޭޝިއާގެ އެކި ކޮލެޖް އަދި ޔުނިވާސިޓީ ތަކާއެކު މަސައްކަތްކުރާ އިންސްޓިޓިއުޓެކެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ހާއްސަކޮށްގެން މިއަދު ސައިރިކްސް ކޮލެޖްގައި ބޭއްވި ރަސްމިއްޔާތުގައި ސައިރިކްސް ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ އެކޮލެޖްގެ ޗެއާމަން އަހުމަދު ޝަރީފް އެވެ. އަދި އޭޝިއާ އެކްސްޗޭންޖްގެ ފަރާތުން ސޮއިކުރެއްވީ އެކަޑެމިކް ޑިރެކްޓަރު ތޯމަސް ކައުޕިނެން އެވެ.
ކޮންމެ ދިވެެއްސަކީ ގްރެޖުއޭޓް އަކަށް ހެދުމުގެ އަމާޒުގައި ސައިރިކްސް ކޮލެޖުން އިންސްޓިޓިއުޝަންއަކާ އެކު ސޮއިިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ/ފަޔާޒު މޫސާ
އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ސައިރިކްސްގެ އެޑްވައިޒަރ ޓުދަ ޗެއާމަން އިބްރާހިމް ވަހީދު ވިދާޅުވީ، އެ ކޮލެޖުން ގިރާކުރަމުންދާ ހަރުފަތްތަކުގެ ތެރެއަށް މިއަދު އިތުރުވެގެން ދިޔަ ހަރުފަތުގެ ސަބަބުން އޭޝިއާގެ އެތަށް ގައުމެއްގައި ހިންގާ އެތަށް ކޮލެޖެއްގެ އަދި ޔުނިވާސިޓީތަކެއްގައި ސައިރިކްސް ކޮލެޖުގެ ދަރިވަރުންނަށް ކިޔެވުމާއި ތަމްރީނު ހޯދުމާއި އިންޓާންޝިޕް ހެދުމާއި، ސެމެސްޓާ ފުރިހަމަކުރުމާއި، ސަގާފަތް ދެނެގަތުން ފަދަ ފުރުސަތުތަށް ލިބިގެން ދާނެކަމަށެވެ.
"ސައިރިކްސް އާއި މެންބަރު އެހެން ކޮލެޖު، ޔުނިވާސިޓީތަކާ ގުޅިގެން އިލްމީ ފޯރަމްތަށް ބޭއްވުމާއި، ސިމްޕޯސިއަމް ސެމިނާ ފަދަ ހަރަކާތްތައް ހިންގުމާއި އަދި އެކި ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންގެ ލެކްޗަރުތަށް ބޭއްވުމުގެ ފުރުސަތުތަށް ލިބޭނެ،" އިބްރާހިމް ވަހީދު ވިދާޅުވިއެވެ.