19 Apr 2017, 22:48
ކުދި ވިޔަފާރިތަކުން ޓެކްސްއާ ގުޅިގެން ނަގާ އިތުރު ދެ ޖޫރިމަނާއެއް މައާފު ކޮށްދިނުމަށް މީރާއިން ނިންމައިފިއެވެ.
މީރާއިން ބުނީ އަހަރެއްގެ މައްޗަށް 10 މިލިޔަން ރުފިޔާއަށް ވުރެ ކުޑަ އާމްދަނީ ލިބޭ ވިޔަފާރިތަކުން ނޮން ރެޖިސްޓްރޭޝަން އަދި ނޮން ކޮމްޕްލަޔަންސް ޖޫރިމަނާ މައާފުކޮށްދޭން ހަމަޖެހިފައިވާ ކަމަށެވެ.
މީރާއިން ދާދި ފަހުންވެސް ވަނީ ޖޫރިމަނާތަކެއް ވެ.
މީރާއިން މި ހަފްތާގައި އާންމުކުރި، ޖޫރިމަނާ މައާފުކުރުމުގެ އުސޫލުގެ ދަށުން މައާފުކޮށްދެނީ ބީޕީޓީއާއި ޖީއެސްޓީއާ ގުޅޭގޮތުން މިއަހަރުގެ މާޗު މަހުގެ 31 ގެ ނިޔަލަށް އަދާކުރަންޖެހޭ އިލްޒާމުތަކާ ގުޅޭ ޖޫރިމަނާތަކެވެ. އަދި ޖޫރިމަނާ މައާފުވާނީ ޖޫން 30ގެ ކުރިން އެކަމަށް ހުށަހަޅާ ފަރާތްތަކަށް ކަމަށް މީރާއިން ބުނެއެވެ.