މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޑީޓީސީ)ގެ އާންމު ހިއްސާދާރުންގެ ފަރާތުން ހޮވާ ފަސް ޑިރެކްޓަރުންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޓީޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި، އާންމު ހިއްސާދާރުން މިހާރު ތަމްސީލުކުރާ ފަސް ޑިރެކްޓަރުންނަކީ:

  • ހުޅުމާލެ ފްލެޓް 01-10 އަލީ މޫސާ،

  • ސ. މީދޫ ހަސަންކާރިގޭ އަހްމަދު ނިޔާޒް،
  • ހ. ޓޫހާޓްސް މުހައްމަދު ފަރުސަތު،
  • ދަފްތަރު 9241 އާރިފް އަބްދުލްސަމަދު،
  • ދަފްތަރު 2613 އަބްދުﷲ ނިޝާމް.

އެމްޓީޑީސީން މިދިޔަ ހަފްތާގައި ކޮށްފައިވާއިއުލާނެއްގައިބުނެފައިވަނީ އެ މަގާމަށް ކުރިމަތިލެވޭނީ 18 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށް ކަމަށާއި، އެފަރާތަކީ މިނިވަން މުސްތަގިއްލު ފަރާތަކަށް ވާންޖެހޭ ކަމަށެވެ.

އަދި އެފަރާތަކީ ތައުލީމީ، ގާބިލު ފަރާތެއްގެ އިތުރުން، އެމްޓީޑީސީގެ މަދުވެގެން 50 ހިއްސާ އޮތް ފަރާތަކަށް ވާންޖެހޭ ކަމަށް އެމްޓީޑީސީން ކުރި އިއުލާނުގައި ވެއެވެ.

އެމްޓީޑީސީން ބުނީ އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުންގެ ފަސް މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، އަންނަ މެއި މަހުގެ ހަތަރުވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ހުޅުވިފައިވާނެ ކަމަށެވެ.

ޑިރެކްޓަރުން އިންތިޚާބުކުރުން އޮންނާނީ މިއަހަރު ބާއްވާ އެމްޓީޑީސީގެ 2016 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައެވެ. ނަމަވެސް އެ ޖަލްސާ އޮންނަ ތާރީޚެއް އާންމުކޮށްފައެއް ނުވެއެވެ.

އެމްޓީޑީސީގެ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ހިސާބުތައް އިރު، ތިންވަނަ ކުއާޓަރާ ހަމައަށް އެމްޓީޑީސީއަށް ވަނީ 96 މިލިޔަން ރުފިޔާގެ ރިކޯޑު ފައިދާއެއް ލިބިފައެވެ. އެއީ 2015 ވަނަ އަހަރު އެކުންފުންޏަށް ޖުމްލަކޮށް ލިބުނު ފައިދާއަށް ވުރެ ވެސް އިތުރު އަދަދެކެވެ. އެއަހަރު އެމްޓީޑީސީއަށް ފައިދާގެެ ގޮތުގައި ލިބިފައި ވަނީ 91.7 މިލިޔަން ރުފިޔާއެވެ.

މިދިޔަ އަހަރު ބޭއްވި 2015 ވަނަ އަހަރުގެ އަހަރީ އެވެ.