19 Apr 2017, 21:21
މިހާރު ކުރިއަށްދާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ލ. އޮތޮޅު ބުރުގައި މިއަދު ހަވީރު ކުޅުނު މެޗު އެ އަތޮޅު ގަމުން ކާމިޔާބުކޮށްފިއެވެ.
ލ. ގަން ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗް މުންޑޫއާ ވާދަކޮށް ގަމުން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.
މިއަދުގެ މެޗުގައި ފުރަތަމަ ލަނޑެއްޖަަހައި ލީޑު ނެގީ ގަމުންނެވެ. އެޓީމަށް ލީޑު ނަގައިދިނީ ހުސެއިން އަޒްމީނެވެ. އޭނާ މިލަނޑު ކާމިޔާބުކުރީ މެޗުގެ 17 ވަނަ މިނިޓްގައެވެ. އެ ލަނޑު ކާމިޔާބުކުރި އިރު ގަމުންވަނީ މުންޑޫ ކޮޅަށް ނުރައްކާތެރި ަހަމަލާތަކެއް ފޮނުވާލައިފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ މި ނަތީޖާއާއެކުއެވެ.
ދެވަނަ ހާފު ފެށިގެން ގަމުން އަނެއްކާވެސް ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. އެލަނޑު އެޓިމަށް މެޗުގެ 63 ވަނަ މިނިޓްގައި ކާމިޔަބުކޮށްދިނީ، ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުން މުހުތާރް އަލީއެވެ.
ގަމުން ދެ ލަނޑުގެ ލީޑެއްގައި އޮތްނަމަވެސް މުންޑުއަށް އުންމީދު އާވީ އެޓީމުގެ މުހައްމަދު އަޒްމީން ކާމިޔާބުކޮށްދިން ލަނޑުންނެވެ. އޭނާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްލީ 75 ވަނަ މިނިޓްގައެވެ.