ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ޕާސަނަލް އެސިސްޓަންޓް އަދި އެމަނިކުފާނުގެ ސެކުއިރިޓީގެ ކަންކަމުގައި އެންމެ އިސްކޮށް ހުންނަވާ އަހްމަދު ސޮފްވާންގެ ޕާސްޕޯޓު ކެންސަލްކޮށް، އޭނާ ހޯދުމަށް އިންޓަޕޯލްގެ އެހީއަށް ދިވެހި ފުލުހުން އެދިއްޖެއެވެ.

ރައީސް މައުމޫން ޕީޕީއެމް ހިންގެވި އިރު ޕީޕީއެމްގެ ކައުންސިލަށް ވެސް އައްޔަނުކުރި ފުލުހުން ވަނީ އޭޕްރިލް 10 ވަނަ ދުވަހު އޭނާގެ ފޮޓޯ އާންމުކޮށްފައެވެ.

ފުލުހުން ތަހުގީގުކުރާ މައްސަލައަކާ ގުޅިގެން ސޮފްވާން ހޯދަމުންދާ ކަމަށް ފުލުހުން ބުނި ނަމަވެސް، އެއީ ކޮން މައްސަލައެއްކަން ހާމައެއް ނުކުރެއެވެ.

ފުލުހުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ، ތަހުގީގަށް އެއްބާރުލުން ދީފައި ނުވާ މައްސަލައާ ގުޅިގެން އިމިގްރޭޝަން މެދުވެރިކޮށް ސޮފްވާންގެ ޕާސްޕޯޓު ކެންސަލް ކޮށްފައިވާ ކަމަށެވެ.

އަދި ސޮފްވާން ހޯދުމަށް އިންޓަޕޯލްގެ އެހީތެރިކަމަށް އެދިފައިވާ ކަމަށް ވެސް ފުލުހުން ޓްވީޓުކޮށް ބުނެފައިވެއެވެ.

އެނގިފައިވާ ގޮތުގައި ސޮފްވާން މިވަގުތު ހުރީ ރައީސް މައުމޫން އަބްދުލްގައްޔޫމާ އެކު އިންޑިއާގެ ބެންގަލޫރުގައެވެ.