19 Apr 2017, 15:33
އަބުރު ރައްކާތެރި ކުރުމާއި ހިޔާލު ފާޅުުރުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން އަޅާ ފިޔަވަޅުތައް ތަންފީޒު ކުރުން ހުއްޓުވުމުގެ އަމުރަކަށް އެދި ގާނޫނީ ވަކީލުންގެ ޓީމަކުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.
އަބުރުގެ ގާނޫނުގެ ދަށުން ބައެއް ޓީވީ ސްޓޭޝަންތަކާއި ނޫސްވެރިން ބޮޑެތި އަދަދުތަކުން ޖޫރި މަނާކޮށްފައިވާއިރު މިހާރު ވެސް އެ ގާނޫނުގެ ދަށުން ހުށަހެޅިފައިވާ މައްސަލަތައް ދަނީ ބަލަމުންނެވެ.
ގާނޫނީ ވަކީލު މައުމޫނު ހަމީދާއި ވަކީލު ހަސަން މައާޒް ޝަރީފް އަދި ވަކީލު އިބްރާހިމް ޝަމީލު ހައި ކޯޓަށް މިއަދު ހުށަހެޅި އެ މައްސަލާގައި ބުނެފައި ވަނީ އަބުރުގެ ގާނޫނުގެ ދަށުން އަދަބު ތަންފީޒު ކުރެވޭނަމަ އެއީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.
އަދި އެ މައްސަލަ ހައިކޯޓުން ބަލައި ނިމެންދެން އަބުރުގެ ގާނޫނުގެ ދަށުން އެއްވެސް ފަރާތަކާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރުކޮށްދިނުމަށް ވެސް ވަކީލުން ވަނީ އެދިވަޑައިގެންފަ އެވެ.
އެ ވަކީލުންގެ ފަރާތުން މީގެކުރިންވެސް ވަނީ އަބުރުގެ ހައިކޯޓަށް ހުށަހަޅާފަ އެވެ. މިދިއަ ޖެނުއަރީ މަހު ހުށަހެޅި އެ މައްސަލައިގެ އަޑުއެހުމެއް އަދި މިހާތަނަށް ބާއްވާފައެއް ނުވެ އެވެ.