ދަރިވަރަކާ ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ދ. އަތޮޅު ރަށަކުން ހައްޔަރު ކުރި ބިދޭސީ ޓީޗަރުގެ ބަންދަށް 14 ދުވަސް އާދީއްތަ ދުވަހު ޖަހައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު 'ސަން' އަށް ވިދާޅުވީ އެ މީހާގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނީ ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ކަމަށެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އޭނާ ހައްޔަރު ކުރީ ދަރިވަރަކާ ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގި ކަމަށް ބުނެ، ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

އެނގިފައިވާ ގޮތުގައި ހައްޔަރު ކުރީ އިންޑިއާއަށް ނިސްބަތްވާ ފިރިހެނެކެވެ. އޭނާ އަކީ ދ. އަތޮޅު ސްކޫލެއްގައި ކިޔަވައިދެމުން އަންނަ ޓީޗަރެކެވެ.